ބްރެޒިލް އަދި ޗައިނާގެ ބައެއް ކްލަބްތަކަށް ކުޅުނު ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބްރެޒިލް އަދި ޗައިނާގެ ބައެއް ކްލަބްތަކަށް ކުޅެފައިވާ ތަޖްރިބާކާރު ފޯވާޑް ޑޮރިއެލްޓަން ގޯމެޒް ނިއުރެޑިއަންތް ސްޕޯތްސް ކްލަބާ ގުޅިއްޖެއެވެ.
ޑޮރިއެލްޓަން ނިއުއާ ގުޅުނުކަން އެ ކްލަބުން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ. ޑޮރިއެލްޓަން ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ ބްރެޒިލްގެ މަޝްހޫރު ފްލްމިނެންސުންނެވެ. އޭނާގެ ކެރިއަރުގައި ލޯނު އުސޫލުން ބްރެޒިލް، ޗައިނާ އަދި ދެކުނު އޭޝިއާގެ ބައެއް ޤައުމުތަކުގެ ކްލަބްތަކަށް ވަނީ ކުޅެފައެވެ.
ޑޮރިއެލްޓަން އެންމެފަހުން ކުޅެފައިވަނީ ބަންގްލަދޭޝްގެ ކްލަބަކަށެވެ. ބަންގްލަދެޝްގެ ބަޝުންދަރާ ކިންގްސްއަށް ކުޅުނު 16 މެޗްގައި އޭނާ ވަނީ 19 ގޯލް ޖަހާފައެވެ.
ބައެއް މީޑިއާތަކުން ބުނެފައިވަނީ ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ. މިކަން ބައެއް މީޑިއާތަކަށް ނިއުއިން ވަނީ ޔަގީންކޮށްދީފައެވެ. ނިއުރެޑިއަންޓުން ޑޮރިއެލްޓަން ގެނެސްފައިވަނީ ކުރިއަށްއޮތް ސީޒަނަށް ޓީމް ވަރުގަދަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުންނެވެ. ނިއުއިން ވަނީ ޓީމް ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިންވެސް ގެނެސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް