އިސްރާއީލުގައި ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއް--ފޮޓޯ/ޓައިމްސްއޮފްއިސްރާއިލް
އިސްރާއީލުގައި ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއް--ފޮޓޯ/ޓައިމްސްއޮފްއިސްރާއިލް
ދުނިޔެ 01 Jan 2026 | 06:00

އިސްރާއިލުގެ ކޮންމެ 3 މީހަކުން 1 މީހަކަށް ނަފްސާނި އެހީތެރިކަން ބޭނުންވޭ: ދިރާސާ

އިސްރާއިލުގެ ރައްޔިތުންގެ ތެރެއިން ކޮންމެ 3 މީހަކުން 1 މީހަކަށް ނަފްސާނީގޮތުން އެހީތެރިކަން ބޭނުންވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މިއަހަރުގެ ފަހުކޮޅު މަކާބީ ހެލްތްކެއާ ސާވިސަސް އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދެ އަހަރު ދުވަހުގެ ހަނގުރާމައަށްފަހު އިސްރާއީލުގެ ދިފާއީ ބާރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %39 މުވައްޒަފުންނަށް ނަފްސާނީ އެހީތެރިކަން ބޭނުންވެއެވެ. މީގެ ސަބަބަކީ ފާއިތުވި އަހަރުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާގައި ޚިދުމަތްކުރި ސިފައިންނާއި ރިޒާވް ފައުޖުތަކުގެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމެވެ.

މިގޮތުން، ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މި މުވައްޒަފުންގެ ތެރެއިން %39 މީހުން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާކަމަށް ފާހަގަކޮށްފައިވާއިރު، %26 މީހުން ޑިޕްރެޝަން ނުވަތަ މާޔޫސްކަމުގެ ބަލީގެ ނުރައްކަލާ ކުރިމަތިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި %48 މީހުންނަށް ނިދުމުގެ އެކި މައްސަލަތައް ކުރިމަތިވަމުންދާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. މިއީ އެގައުމުގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް ނަފްސާނީ އެހީތެރިކަން ބޭނުންވާކަމަށް ރިޕޯޓުކޮށްފައިވާ އަހަރެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މި ސާވޭގައި އެ ގައުމުގެ 20-75 އަހަރާއި ދެމެދުގެ 1،100 މީހުންގެ ސެލްފް ރިޕޯޓް ސާވޭ ޑޭޓާ އާއި އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ހެލްތު މެއިންޓެނަންސް ޖަމިއްޔާކަމަށްވާ މަކަބީގެ ގާތްގަނޑަކަށް 2.7 މިލިއަން މެންބަރުންގެ ރެކޯޑުތައް ކާކުކަން ނޭންގޭގޮތަށް ހިމަނާފައިވެއެވެ.

ސާވޭއިން ދައްކާ ގޮތުގައި އިސްރާއީލުގެ ކޮންމެ ތިން މީހަކުން އެކަކު ނަފްސާނި އެހީތެރިކަން ބޭނުންވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި ސާވޭ ފުރިހަމަ ކުރި މީހުންގެ  ތެރެއިން 17 އިންސައްތަ މީހުން އެމީހުންގެ ނަފްސާނީ ސިއްހަތު ސިފަކޮށްފައިވަނީ ދަށްކޮންނެވެ. ހަނގުރާމައިގެ ކުރިން ކުރި ދިރާސާއެއްގައި މި އިންސައްތަ ހުރީ %13 ދަށުގައެވެ.

ނަމަވެސް މި ދިރާސާގެ ތެރެއިން ހާމަވާގޮތުގައި އިސްރާއީލުގެ %62 މީހުން އެމީހުންގެ ޖިސްމާނީ ސިއްހަތު ވަރަށް ރަނގަޅު ކަމަށް ސިފަކޮށްފައިވެއެވެ. މިއީ ހަނގުރާމައިގެ ކުރިން އޮތް މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އެމީހުންގެ ޖިސްމާނީ ސިއްހަތު ގޯސްކަމަށް ރިޕޯޓުކޮށްފައިވަނި އެންމެ %9 މީހުންނެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުމުގެ ކުރިން ރެކޯޑްކުރި މިންވަރަށް ވުރެ ބޮޑު ދަށްވުމެކެވެ.

އިސްރާއީލުގައި ފާއިތުވި އަހަރުގެ ތެރޭގައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނިސްބަތް ވެސް އިތުރުވެފައެވެ. އެގޮތުން ރިޕޯޓުތަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ތެރެއިން %30 މީހުން ދުންފަތް ބޭނުންކުރާ މިންވަރު އިތުރުކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހަމައެއާއެކު، މަކަބީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ މީހުން ފިޓްނަސް ހިދުމަތްތައް ބޭނުންކުރާ ނިސްބަތް ވަނީ އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރު ހެލްތު ފަންޑުގެ ޔޫޕީ އެޕް މެދުވެރިކޮށް ގާތްގަނޑަކަށް 2.5 މިލިއަން ވޯކްއައުޓް ސެޝަން ބުކްކޮށްފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ނަމަވެސް އިސްރާއީލުގެ މީހުން ދުވާލަކު އެވްރެޖްކޮށް 8.2 ގަޑިއިރު އިށީންދެގެން ތިބޭކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ. އެގޮތުން މަކާބީގެ ދިރާސާއިން ވެސް ދައްކާގޮތުގައި، މި ދިރާސާގެ ބައިވެރިންގެ ތެރެއިން %20 މީހުން ދުވާލަކު 11 ގަޑިއިރަށްވުރެ ގިނައިރު އިށީނދެގެން ތިބޭކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ގާތްގަނޑަކަށް %30 އިސްރާއީލުން ރިޕޯޓްކުރާ ގޮތުގައި މި ވަގުތުތަކުގައި އެމީހުން ޖިސްމާނީ ހަރަކާތެއް ކޮށްނޫޅެއެވެ. ނަމަވެސް އިސްރާއީލުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ރިޕޯޓްކުރާ ގޮތުގައި އެމީހުން ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް ބޮޑަށް ތަބާވެއެވެ. މިއީ ހަނގުރާމައިގެ ކުރިން އޮތް ދުވަސްވަރާ އަޅާބަލާއިރު ގާތްގަނޑަކަށް %15 އިތުރުވުމެކެވެ.

މަކާބީގެ މެޑިކަލް ރެކޯޑުތަކުން ދައްކާގޮތުގައި، 2024-2025 ވަނަ އަހަރުގެ ފިނި މޫސުމުގައި ބަލިމަޑުކަން ފެތުރޭ ނިސްބަތް އޭގެ ކުރީ އަހަރާ އަޅާބަލާއިރު %7 ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރާ އަޅާބަލާއިރު ވިހާ ކުދިންގެ އަދަދު %4 ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. އަދި އުރަމަތީގެ ކެންސަރަށް ދުރާލާ ސްކްރީންކުރާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށް ކުރެވޭ ސްކްރީނިންގްގެ ނިސްބަތް ވަނީ ކުޑަކޮށް އިތުރުވެފައެވެ.

މީގެ އިތުރުން، މާބޮޑަށް ފަލަވުމުގެ މައްސަލައަށް ފަރުވާ ހޯދުމަށްޓަކައި ޖަހާ އިންޖެކްޝަން ބޭނުންކުރާ މިންވަރުވެސް އެގައުމުގައި ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން 2025 ވަނަ އަހަރު 'މަކާބީ' ހެލްތު ކެއަރގެ 100،000 އަށްވުރެ ގިނަ މެންބަރުން ބަރުދަން ލުއިކުރާ އެތައް ލައްކަ އިންޖެކްޝަނެއް ބޭނުންކޮށްފައިވާއިރު، މީގެ ކުރީ އަހަރާ އަޅާބަލާއިރު ބަނޑު ކުޑަކުރުމަށް ކުރާ އޮޕަރޭޝަންތަކުގެ އަދަދު ވަނީ %17 ދަށަށް ގޮސްފައެވެ.

2025 ވަނަ އަހަރު އާއިލީ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުން އެންމެ ގިނައިން ފާހަގަކޮށްފައިވާ ސިއްހީ މައްސަލައަކީ ނޭވާލާ ނިޒާމުގެ މަތީ ބައިގެ އިންފެކްޝަނެވެ. އަދި އާއިލީ ޑޮކްޓަރުންނަށް ދައްކާފައިވާ ބަލިމީހުންގެ ތެރެއިން ދެން އެންމެ އާންމުކޮށް ފެނިފައިވަނީ ބަނޑުގައި ރިހުމާއި، ކެއްސުމާއި، އަދި ބުރަކަށީގައި ރިހުމުގެ މައްސަލަތަކެވެ. ކުޑަކުދިންގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކުދިންގެ ތެރެއިން ދެން އެންމެ ގިނައީ ކަރުގައި ރިހުމާއި، ބަނޑުގައި ރިހުމުގެ އިތުރުން ހުން އައުމުގެ މައްސަލަތަކެވެ.

މި ސާވޭއިން ހާމަވާ ގޮތުގައި އިސްރާއީލުގެ ރައްޔިތުން ސިއްހީ މައުލޫމާތު ހޯދާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މި ސާވޭގެ ބައިވެރިންގެ ތެރެއިން %57 މީހުން އޮންލައިން ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ހޯދާއިރު، %50 މީހުން ސިއްހީ މާހިރުން ނުވަތަ ޑޮކްޓަރުންގެ ލަފާ ހޯދައެވެ. މީގެ އިތުރުން، %44 މީހުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ވެބްސައިޓްތަކަށް ބަރޯސާވާއިރު، %32 މީހުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތަކުގެ އެހީތެރިކަން ހޯދައެވެ. ނަމަވެސް، އޭއައި މެދުވެރިކޮށް ލިބޭ ސިއްހީ އިރުޝާދުތަކަށް ބޮޑު އިތުބާރެއް ކުރަނީ އެންމެ %21 މީހުންނެވެ. އަދި ތިންބައިކުޅަ އެއްބައި މީހުން އެފަދަ ވަސީލަތްތަކަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާކަން ފާހަގަކުރެވެއެވެ.

އެގައުމުގައި އިންފްލުއެންޒާ ވެކްސިން ޖެހުމާ މެދު އާންމުން ދެކޭގޮތް އަދިވެސް އޮތީ ސަމާލުވާންޖެހޭ ފަދަ ހާލަތެއްގައެވެ. ސާވޭގައި ބައިވެރިވި %40 މީހުން ދުވަހަކުވެސް އިންފްލުއެންޒާ ވެކްސިން ޖަހާފައި ނުވާއިރު، އޭގެ ތެރެއިން މިއަހަރު ވެކްސިން ޖަހަން ގަސްދުކުރަނީ އެންމެ %4 މީހުންނެވެ. މި މައުލޫމާތު އެއްކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުއެވެ. ސަބަބަކީ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރޭ މަހަކީ  ޑިސެމްބަރު ކަމަށްވުމެވެ.

"ބަދަލުވަމުންދާ އަދި ނުތަނަވަސްކަން ބޮޑު މި ދަނޑިވަޅުގައި، އާންމުންގެ ވިސްނުމާއި ސައްހަ މައުލޫމާތުގެ އަލީގައި ރައްޔިތުންގެ ސިއްހީ ހާލަތު ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަދި މި މައުލޫމާތުތަކުގެ އަލީގައި ސިއްހީ ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ހޯދައިދިނުމަށް އެކަށީގެންވާ ސިޔާސަތުތައް އެކުލަވައިލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން"

މަކާބީ ހެލްތު ކެއާ ސާވިސަސްގެ ސީއީއޯ ސިގަލް ދާދޯން-ލެވީ

މަކާބީ ހެލްތު ކެއާގެ އިސްވެރިން ފާހަގަކުރާ ގޮތުގައި، މި ހޯދުންތަކުން ދައްކައިދެނީ އިސްރާއީލުގެ މުޖުތަމައު ކުރިމަތިލަމުންދާ ނަފްސާނީ ގޮންޖެހުންތަކާއި ދަތިތަކެވެ. އެހެންކަމުން، ނަފްސާނީ ދާއިރާގެ ހިދުމަތްތައް ފުޅާކުރުމާއި، ކުރިއަށް އޮތް އަހަރުތަކުގައި ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް ރިއާޔަތްކޮށް ސިޔާސަތުތައް ބައްޓަންކުރުން މުހިންމުކަމަށް އެގައުމުގެ ސިއްހީ މާހިރުން ބުނަމުނެދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...