ހަސަން ލަތީފު މަޖިލީހަށް ވާދަކުރައްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ނަޝީދުގެ ސަރުކާރުގެ ޔޫތް މިނިސްޓަރ އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛު ހަސަން ލަތީފް، އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ހަސަން ލަތީފް މިކަން އިއުލާން ކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ (ޓީ14) ގެ ގޮނޑިއަށް ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ހަސަން ލަތީފް ފާހަގަކުރެވިފައިވަނީ އިދިކޮޅު އިއްތިހާާދުގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތެއްގެ ގޮތުގައެވެ. ހަސަން ލަތީފް އަކީ އެމްޑީޕީގެ ޗެއަރޕާސަންވެސް މެއެވެ.
ހަސަން ލަތީފްގެ އިތުރުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްެއުސްތާޛާ ހިސާން ހުސައިންވެސް ވަނީ އެކަމަނާވެސް މަޖިލީހަށް ކުރިމަތިލައްވާނެކަން ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް