މުސްތަގްބަލްގައި މީހަކު ހުންނާނެ ތަން ފޭސްބުކުން ހޯދަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކައިރި މުސްތަގްބަލްގައި މީހަކު ކުރާނެކަމާއި ހުންނާނެތަން ދެނެގަނެވޭނެފަދަ ޓެކްނޮލޮޖީއެއް އުފެއްދުމުގެ މަސައްކަތް ފޭސްބުކުން ފަށައިފިއެވެ.
ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެކުންފުނިން ވަނީ މި ޓެކްނޮލޮޖީ، އެހެން ފަރާތަކަށް ނަކަލު ނުކުރެވޭނެގޮތަށް ޕޭޓަންްޓްވެސް ހޯދާފައެވެ.
މި ޓެކްނޮލޮޖީ ހިނގާނެ ގޮތަށް ބަލާއިރު، އެންމެފަހުން ފޭސްބުކް ބޭނުންކުރި ލޮކޭޝަން ދެނެގަތުމަށްފަހު އާންމުކޮށް ކުރާ ކަންކަން އަލްގޮރިދަމްއަކުން ދެނެގަންނާނެއެވެ. އެއަށްފަހު، އެ ދިއުމަށް ހަމަޖެހިފައިވާ ތަނެއް، ނުވަތަ ކުރުމަށް ހަމަޖެހިފައިވާ ކަމަކާއި ގުޅޭ އިސްތިހާރެއް ފަދަ އެއްޗެއް ފޭސްބުކްގެ ނިއުސްފީޑުން ދައްކާނެއެވެ.
މިކަމުގައި އާންމުކޮށް ފޭސްބުކުން ވާހަކަދައްކާ ހަދާ މީހުންނާއި، އެމީހުންގެ އަމަލުތައް ހުރިގޮތްވެސް ބެލޭނެއެވެ. މި ޓެކްނޮލޮޖީގަައި ކުރާނެކަމެއް ނުވަތަ ދާނޭ ދިމާލެއް ކަށަވަރުކުރުމަށް ވައިފައި އަދި ހުރި ސަރަހައްދުގެ މައުލޫމާތު ބޭނުންކުރެވޭނެއެވެ.
މި ޓެކްނޮލޮޖީއަކީ މީހުންނަށް ފާރަލުމަށް ފޭސްބުކުން ގެންގުޅޭ ވަސީލަތަކަށް ވެދާނެކަމަށް ބުނެ ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް