އޯއައިސީގެ އެސްޖީގެ އެޑްވައިޒަރަކަށް ޑރ.ޝަހީމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްއަށް ލަފާ އަރުވާ އެޑްވައިޒަރެއްގެ މަގާމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކޮށްފިއެވެ.
އެމަނިކުފާނަށް އޯއައިސީގެ އެޑްވައިޒަރކަމުގެ މަގާމު ހުށައެޅުމުން، އެމަގާމު އެމަނިކުފާނު ވަނީ ގަބޫލުފުޅު ކުރައްވާފައެވެ. އޯއައިސީގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް، ޖިއްދާގައެވެ.
އެބޭފުޅާއަކީ އަރަބި ދުނިޔެއާއި ގާތްގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ޑރ.ޝަހީމްގެ އިތުރުން ރާއްޖޭގެ ކުރީގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރުވެސް ދަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރގެ މަގާމު އަދާކުރައްވަމުންނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއާއި ޕީޕީއެމްއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު، ޑރ.ޝަހީމް ސިޔާސީ ކަންކަމުން ފެނިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް