ކުޑަކުއްޖާގެ ސާޖަރީތަކެއް ވިވަގުތު ހަދަމުންދަނީ، އަނިޔާގެ ތަފްސީލް ނުލިބޭ - އައިޖީއެމްއެޗް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ހެނދުނު މާލެ ނަލަހިޔާ ސަރަހައްދުގައި ހަދަމުން ދިޔަ އިމާރަތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓުމުގެ ސަބަބުން އަނިޔާވި ކުޑަކުއްޖާ އެމަޖެންސީގައި ސާޖަރީތަކެއް ހަދަމުންދާކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.
އައިޖީއެމްއެޗް މީޑިއާ އޮފިޝަލް ހާމަކުރެއްވިގޮތުގައި ނުވަ އަހަރުގެ ކުއްޖާމިވަގުތު އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށާއި އެމަޖެންސީގައި ސާޖަރީތަކެއް މިހާރު ހަދަމުން ދާކަމަށެވެ.
ކުއްޖާއަށް ކުއްލި ފަރުވާ ދޭންޖެހުމުގެ ސަބަބުން ލިބިފައިވާ އަނިޔާގެ ތަފްސީލްތައް ޑޮކްޓަރުންގެ ފަރާތުން އަދި ނުލިބޭކަމަށްވެސް އިންފޮމޭޝަން އޮފިސަރު ވިދާޅުވެފައެވެ.
މިއަދު ހެނދުނު 10:45ގައި ހިނގި މި ހާދިސާގެ ސީސީޓީވީ ފުޓޭޖް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މިވީޑިއޯއިން ފެންނަގޮތުގައި އެ ސަރަހައްދުން ކުޑަ އަންހެންކުއްޖާ އަންހެނަކާއެކު އެ ސަރަހައްދުން ހިނގާފައި ދަނިކޮށް ސިމެންތި ގޯންޏެއް އެކުއްޖާ ބޯމައްޗައް ވެއްޓޭތަން ފެނެއެވެ. އެކުއްޖާއާއެކު ހުރި އަންހެންމީހާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ވީޑިއޯއިން ފެންނަގޮތުގައި އަންހެންކުއްޖާގެ ފައި އޮތީ ބިނދިފައި ކަހަލަ ގޮތަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް