ޕުޓިން ސުޕަރމޭންގެ ކޮމިކްތަކުގައި؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އަކީ މީޑިޔާގައި، އެމަނިކުފާނު ކުރައްވާ އާދަޔާ ޚިލާފު ކަންކަމަށް ސަމާލުކަން ހޯއްދަވާ ބޭފުޅެކެވެ. ނަމަވެސް މިފަހަރު މީޑިޔާގެ ފަލަސުރުޚީތަކަށް ޕޫޓިން އަރާފައިވަނީ ހަގީގީ ދުނިޔޭގައި ކުރި މޮޅުކަމެއްގެ ސަބަބުން ނޫނެވެ.
ޕޫޓިންވަނީ ދާދިފަހުން ނެރުނު ޑީސީ ކޮމިކްސްގެ ކެރެކްޓަރެއްކަމުގައިވާ ސުޕަރމޭންގެ ކޮމިކްގެ ޚާއްސަ އަދަދެއްގަައި ޚާއްސަ ފެނިލުމަކުން ފެނިފައެވެ. ޑީސީ ކޮމިކްސްގެ ޑޫމްސްޑޭ ކްލޮކް ސީރީސްެެއިން، ޕޫޓިންވަނީ ސުޕަރމޭންއާއި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
މި ކޮމިސް ސީރީސްގައި ރަޝިޔާއަކީ ނުބައި ގައުމެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، ރަޝިޔާގެ ޕަޕެޓުންކަމުގައިވާ ސީރިޔާގެ ބައްޝާރުގެ ސަރުކާރުން ކުޑަކުދިންނާއި ދެކޮޅަށް ވިހަގޭސް ބޭނުންކޮށްފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މި ސީރީސްގެ އެންމެ ފަހު އަދަދުގައި ޕޫޓިންވަނީ އެމެރިކާގެ ސުޕަރހީރޯއެއްކަމުގައިވާ ފަޔަރސްޓްރޯމް، ރަޝިޔާ ބަޔަކު ބިއްލޫރިއަށް ބަދަލުކޮށްލި މައްސަލައިގައި ސުޕަރމޭންއާއި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
އެގޮތުން ފަޔަރސްޓްރޯމްއަކީ އެމެރިކާ ސަރުކާރުގެ އޭޖެންޓެއްކަމަށާއި، އަދި އެމެރިކާ ސަރުކާރުން ހަދާ ދޮގުތަކުގެ ބަދަލު ހިފާނެކަމަށް ޕޫޓިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް