ޕީޕީއެމްގެގެ ރައީސް ޔާމިން ފެކްޝަންވެސް ދެބަޔަކަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ރައީސް މައުމޫން ވަކިފެކްޝަން އެއް ހަދައިގެން އުޅޭ ޕީޕީއެމްގެ ތެރެއިން އަނެއްކާވެސް އިތުރު ފެކްޝަނެއް އުފައްދަވަން އުޅޭކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބް މިހެން ވިދާޅުވީ ވިލިމާލޭ ދާއިރާ މެންބަރު އަހްމަދު ނިހާން ކުރައްވާފައިވާ ޓްވީޓް އެއް ދޮގު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އީސީ ރައީސްއާއި އީސީގެ ފަރާތުން ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީ އެއް އޮތަނުދިނުމަށް ކުރާ މަސައްކަތް ހުއްޓުވަންޖެހޭކަމަށެވެ.
އެކަން ދޮގު ކުރައްވާ ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ގާނޫނީ އިމުގެ ތެރެއިން ލިބިވަޑައިގަންނަވަންޖެހޭ އެހީތެރިކަން ލިބިވަޑައިގަންނަވާނެކަމަށެވެ. އަދި ނިހާން ނިސްބައްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީގެ ބޭފުޅަކު އިއްޔެގެ ވަގުތެއްގައި އީސީއިން އިން އާޕާޓީއެއް އުފެއްދުމަށް ފޯމް ނަންގަވާފައިވާކަމަށާއި ނަސީބާއި ކާމިޔާބީއަށް އެދޭކަމަށެވެ.
Ran'galhu vaahakafulheh noon. Siyasi party thah qaanoonee imuge therein hingumah EC in libenjehey hurihaa eheetherikameh libivadaigannavaane. Manikufaanu nisbaiyva party ge beyfulhaku au party eh ufedhdhumah iyye EC in form eh ves gendhavaifi. Heyo naseebaai kaamiyaabee ah edhen.
— Ismail Habeeb (@IsmailHabeeb) November 22, 2018
ޕީޕީއެމް އަކީ މިހާރުވެސް ދެބަޔަކަށް ބައިވެފައިވާ ޕާޓީއެކެވެ. އެގޮތުން ނިހާން އަކީ ރައީސް ޔާމިންގެ ފެކްޝަނަށް ނިސްބައްވާ ބޭފުޅެކެވެ.
ނިހާން ވަނީ މީގެ ކުރިންވެސް ޕީޕީއެމް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިިމަތިލާން ޖެހުނީ އެތެރޭގެ ކޯޅުން ބޮޑުވެފައިވާތީކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސް ޔާމިންގެ ފެކްޝަން ދެބަޔަކަަށް ބައިވުމަކީ އެކަށީގެންވާކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް