ހޯމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ހޯމްލޭންޑް ސެކިއުރިޓީ، އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމުގައި ހުންނެވި ހިންނާ ޚާލިދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ހިންނާ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ.
ހިންނާ އެ މަގާމަށް އައްޔަންކުރީ ޖޫން 6، ގައެވެ.
ހިންނާ މީގެ ކުރިން ހުންނެވީ ހޯމް މިނިސްޓްރީގެ ތަރުޖަމާނުގެ މަގާމުގަ އެވެ.
އޭނާ ވަނީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް