ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމި ހުންނާނަން: ފާރިސް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޝަރުއީ ދާާއިރާ އިސްލާހުކޮށް، އެދާާއިރާއަށް އާންމުންގެ އިތުބާރު ހޯދުމުގައި ދެމިހުންނަވާނެކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ މިއަދު ކުރެއްވުމަށްފަހު، ކުރެއްވި ޓްވީޓެއްގައެވެ. ފާރިސް ވިދާޅުވީ ގާނޫނު އަސާސީއާއި، ގާނޫނުތަކުގައިވާ ގޮތުގެ މަތީން ޖޭއެސްސީގެ މެމްބަރު ކަމުގެ ޒިންމާތަށް އަދާކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށާއި، އެ ދާއިރާއަށް އާންމުންގެ އިތުބާރު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.
ފާރިސް ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 67 މެންބަރުންގެ ވޯޓުންނެވެ.
ފާރިސްގެ އިތުރުން މިއަދު ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ވަނީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަދި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް