ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖެއްސުން
ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖެއްސުން
ވިޔަފާރި 13 Mar 2025 | 10:30

ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ގުޅުމުގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. މި ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާހު ކުރާނީ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. މި މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާރޓްނާޝިޕާއި ދިވެހިރާއްޖޭގެ މަންޒަރުތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން ބުނީ މި ޕާޓްނާޝިޕްގެ ޒަރިއްޔާއިން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށެވެ. އަދި ކްލަބުގެ މަގުބޫލުކަމުގެ ބޭނުންހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެ އެވެ. މި އެއްބަސްވުމުގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100+ މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ނިމުނީ

މި ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަން ހުންނާނެ އެވެ. އަދި ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގް ޖަހާ، އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރުންވެސް ހިމެނެ އެވެ. މީގެ އިތުރުން، އެލްއެފްސީއާ ގުޅިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިންމު މާކެޓުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލާނެ އެވެ.

އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެއެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން އެލްއެފްސީ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ އެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ ދެ އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނާޝިޕްގެ ޓާގެޓް ހާސިލު ކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ލިވަޕޫލް އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭންޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް ވެސް ހިމެނެއެވެ. ފޭން ޒޯންތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓްތަކާއި ބައިވެރިވާ ފެއަރތަކާއި ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކަމާއި ބުކިންތައް އިތުރުވެގެންދާނެ އެވެ. އަދި ޕްރިމިއަމް ބްރޭންޑިން، ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރިޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާ، އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެކަމަށް ބެލެވެއެވެ.

މިއީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އަކީ ލީޑިން ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ ކެންޕޭނެކެވެ. އެލްއެފްސީގެ ބައިނަލްއަޤުވާމީ ނުފޫޒުގެ ބޭނުން ހިފައިގެން ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިޚްތިޔާރު ކުރުމަށް ހިތްވަރު ދިނުމެވެ.

"މި ޕާޓްނާޝިޕްއިން އަޅުގަނޑުމެންގެ އަމާޒަކީ ހުވަފެންތައް ހަގީގަތަކަށް ވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުންނަށް ހިތްވަރު ދިނުން," ވިޒިޓް މޯލްޑިވްސްގެ ސީއީއޯ/ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.

މި ޕާޓްނަރޝިޕް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގް އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާއިރު، ލަގްޒަރީ، އެޑްވެންޗާ އަދި ތަފާތު ތަޖުރިބާތައް ހޯދުމަށް ބޭނުންވާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
15 Sep 2026 ހަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް

ބައިނަލްއަޤުވާމީ ޓޫރިޒަމް މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އެމިރޭޓްސް އަދި ޤަތަރު އ...

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
24 Aug 2026 ހަބަރު

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ އިސްތިއުފާދެއްވައިފިއެވެ. ޝިއުރީ އިސްތިއުފާ ދ...

އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ޒިޔަތާ ގުޅުން އޮންނަ ކުންފުންޏެއްގެ މައްޗަށް ދައުވާކުރަން ފޮނުވަނީ
30 Jul 2026 ހަބަރު

އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ޒިޔަތާ ގުޅުން އޮންނަ ކުންފުންޏެއްގެ މައްޗަށް ދައުވާކުރަން ފޮނުވަނީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ލޯންޑަރ ކުރި މައްސަލައިގައި  އެ ހިޔާނާތުގައި އިސްކޮށް އުޅުނު އަބްދުﷲ ޒިޔަތާ ގުޅުން އޮންނަ އެމްއެޗްއާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ދައުވާ އުފ...

ވީއެމްސީގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނު ކޮށްފި
26 Apr 2026 ހަބަރު

ވީއެމްސީގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނު ކޮށްފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރައްވައިފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޑެޓްގ...

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި
03 Mar 2026 ވިޔަފާރި

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އަކީ ވިޒިޓްމޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފިއެވެ. ބީއެމްއެލް ހެޑް އޮފީހުގައިބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވް...

ވިޒިޓް މޯލްޑިވްސްގެ އަގު ވެއްޓޭތީ އެމްބެސެޑަރުކަމުން 2 އޮފް އަސް ސަސްޕެންޑުކޮށްފި
04 Feb 2026 ހަބަރު

ވިޒިޓް މޯލްޑިވްސްގެ އަގު ވެއްޓޭތީ އެމްބެސެޑަރުކަމުން 2 އޮފް އަސް ސަސްޕެންޑުކޮށްފި

ދިވެހި ބޭންޑު، 2 އޮފް އަސްއާއި ބެހޭ ގޮތުން ދައުރުވަމުންދާ ނޭދެވޭ ވާހަކަތަކާއި، ކުރެވޭ އެކި ތުހުމަތުތަކުގެ ސަބަބުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަގުވެއްޓި، ނަން ހުތުރުވަމުންދާތީ އެ ކުންފުނިން 2 އޮފް...