ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ އިސްތިއުފާދެއްވައިފިއެވެ.
ޝިއުރީ އިސްތިއުފާ ދެއްވިކަމުގެ މައުލޫމާތު ވޮއިސްއަށް ލިބުނުނަމަވެސް ޕީސީބީއަކުން އަދި އެކަން ކަށަވަރުކޮށެއް ނުދެއެވެ. ޝިއުރީ މިއަދު އިސްތިއުފާ ދެއްވިއިރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ގ. ގޯލްޑަން ހައުސް އަލްފާޟިލް އިބްރާހިމް ޝިއުރީ އައްޔަނު ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫންމަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް