ފިޔުޗަރ އިމާމް މުބާރާތުގެ އެންމެ މޮޅު ތިން ދަރިވަރުން: ފޮޓޯ/ ޖަމިއްޔަތުލް ޤަަލަމް
ފިޔުޗަރ އިމާމް މުބާރާތުގެ އެންމެ މޮޅު ތިން ދަރިވަރުން: ފޮޓޯ/ ޖަމިއްޔަތުލް ޤަަލަމް
ހަބަރު 07 Sep 2024 | 14:38

ދަނގެތީ ”ފިޔުޗަރ އިމާމް 1446“ މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުން ހޮވައިފި!

މުސްތަގުބަލުގެ އިމާމުން އުފެއްދުމަށް “ފިޔުޗަރ އިމާމް 1446” ނަމުގައި އދ. ދަނގެތީގައި ބޭއްވި މުބާރާތުގެ ވަނަވަނަ އަށް އައި ދަރިވަރުން ހޮވައިފިއެވެ.

އދ ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ މި މުބާރާތަކީ އެ ރަށު ސުކޫލުގެ ގުރޭޑް 6 އިން މަތީގެ ފިރިހެން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދެވުނު މުބާރާތެކެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ، ކުދިންގެ ހިތްތަކުގެ އިމާމްކަން ކުރުމަށް ލޯބިޖައްސުވައި، އެންމެ ތުއްތުއިރުން ފެށިގެން އިމާމްކަން ކުރުމުގެ ރޫޙް އަށަގަންނުވައި އެކަމަށް އަހުލުވެރި ހުނަރުވެރި ޤާބިލް ކުދިންތަކެއް އުފެއްދުމުގެ އިތުރުން، ދަރިވަރުންގެ ހިތްތަކުގައި މިއަޅުކަމާއިމެދު އޮންނަ ލޯބި އިތުރުކޮށް، ހިތްޖެއްސުން ކަމަށް ޖަމިއްޔަތުލް ޤަލަމުން ބުނެއެވެ.

ފިޔުޗަރ އިމާމް 1446 ގެ ބައިވެރިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ފިޔުޗަރ އިމާމް 1446 ގެ ބައިވެރިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މި މުބާރާތް، ބޭއްވުމުގެ ގާތްގަނޑަކަށް އެއްމަސް ދުވަސް ކުރިން، މުބާރާތުގައި ބައިވެރިވި 20 ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މި ތަމްރީނުގެ ތެރެއިން، އިމާމްކަން ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

ފިޔުޗަރ އިމާމް 1446 މުބާރާތުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

އެއަށްފަހު އެ 20 ދަރިވަރުންގެ އޮޑިޝަން ބާއްވައި، ޖަޖުންގެ ޕެނަލަކުން ވަނީ އެންމެ ރަނގަޅު 10 ދަރިވަރުން ކަނޑައަޅާފައެވެ.

ފިޔުޗަރ އިމަާމް މުބާރާތް ބޭއްވިފައިވަނީ މި 10 ދަރިވަރުންގެ މެދުގައެވެ. އެގޮތުން، އިއްޔެ ހަވީރާއި ރޭގަނޑު މުބާރާތް ކުރިއަށް ގެންގޮސްފައިވާއިރު، މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ، އައްޝައިން އިބްރާޙީމް ރަޝީދު، އައްޝައިޚް ހަސަން ފައިޞަލް އަދި އައްޝައިޚް އާދަމް ބަޝީރެވެ.

ފިޔުޗަރ އިމާމް 1446 މުބާރާތުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

އެފަނޑިޔާރުން ދަރުވަރުންގެ ބަންގި ގޮވުމުގެ ހުނަރާއި، ޤަމަތާއި، ޚުތުބާ ކިޔުމުގެ  ހުނަރުގެ އިތުރުން، ފިޤުހީ ގޮތުން އެނގެންޖެހޭ ކަންކަން ކުއްޖާއަށް އެނގިފައިވާ މިންވަރު ބަލައި އެކަންކަމަށް މާކްސް ދީފައެވެ.

ފިޔުޗަރ އިމާމް 1446 މުބާރާތުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ފިޔުޗަރ އިމާމް 1446 މުބާރާތުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މި ގޮތުން އެހުރިހާ ކަމަކުން އެންމެ މަތީ މާކްސް ހޯދައިގެން ވަނަވަނަ އަށް އައި ދަރިވަރުންނަކީ؛

1 ވަނަ ޔުޢާން މުޙައްމަދު: އެއްވަނަ ދަރިވަރަށް -/2500ރގެ ފައިސާގެ އިނާމާއި، ބިޝްޓާއި ޓްރޮފީ ދީފައިވެއެވެ.

ފިޔުޗަރ އިމާމް 1446 މުބާރާތުގެ އެއްވަނަ ދަރިވަރު ޔުޢާން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

2 ވަނަ ޙަސަން ޔަނާޙް އައްބާސް: ދެވަނަ ދަރިވަރަށް -/1500ރގެ ފައިސާގެ އިނާމާއި، ޓްރޮފީ ދީފައިވެއެވެ.

ފިޔުޗަރ އިމާމް 1446 މުބާރާތުގެ ދެވަނަ ދަރުވަރި ޔަނާޙް: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

3 ވަނަ މުޙައްމަދު ޖޫދު ފައިޞަލް: ތިންވަނަ ދަރިވަރަށް -/1000ރގެ ފައިސާގެ އިނާމާއި، ޓްރޮފީ ދީފައިވެއެވެ.

ފިޔުޗަރ އިމާމް 1446 މުބާރާތުގެ ތިންވަނަ ދަރިވަރު ޖޫދު: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މުބާރާތުގެ އެއްވަނަ ބަންގި އާއި ޚުތުބާ ހުށަހެޅި ދަރިވަރުންނަށްވެސް އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ.

ފިޔުޗަރ އިމާމް 1446 މުބާރާތުގެ އެއްވަނަ ޚުތުބާ ހުށަހެޅި ދަރިވަރު ޔުޢާން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ފިޔުޗަރ އިމާމް 1446 މުބާރާތުގެ އެއްވަނަ ބަންގި ހުށަހެޅި ދަރިވަރު ޔުޢާން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މީގެ އިތުރުން، މުބާރާތުގެ އޮޑިޝަނުން ހޮވުނު 10 ދަރިވަރުންނަށްވެސް އިނާމާއި ހަނދާނީލިޔުން ދީފައިވެއެވެ.

ފިޔުޗަރ އިމާމް 1446 މުބާރާތުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ޖަމިއްޔަތުލް ޤަލަމުން ބުނެފައިވާ ގޮތުން، މުބާރާތް ފުރިހަމަ ކަމާއެކު ނިންމާލެވިފައިވަނީ ގިނަ ފަރާތްތަކުގެ އެހީއާއި އެކުގައި ކަމަށާ، މުބާރާތަށް އެކިގޮތް ގޮތުން އެހީވި އެންމެހައި ފަރާތްތަކަށް އެ ޖަމިއްޔާއިން ޝުކުރު އަދާކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.