ގެއްލުނު ހެލިކޮޕްޓަރު
ގެއްލުނު ހެލިކޮޕްޓަރު
ދުނިޔެ 08 Feb 2024 | 11:31

އެމެރިކާގެ ހެލިކޮޕްޓަރެއް ފަސްމީހުންނާއެކު ގެއްލިއްޖެ

އެމެރިކާގެ ސެންޑީއެގޯއިން ލަސް ވޭގަސް އަށް, އެ ގައުމުގެ ކަނޑުގެ ސިފައިންގެ ފަސް މީހުންނާއެކު ދަތުރުކުރި ހެލިކޮޕްޓަރެއް ގެއްލިއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި މި ހެލިކޮޕްޓަރުގެ ޚަބަރެއް ނުވެ ގެއްލިފައިވާއިރު، ހެލިކޮޕްޓަރާއި އޭގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ބިމުންނާއި މަތިންވެސް އެމެރިކާގެ އެއާފޯހުން ކުރަމުން އަންނަ ކަމަށް ބީބީސީއިން ބުނެއެވެ. ނަމަވެސް އަދި މިހާތަނަށް ހެލިކޮޕްޓަރުގެ އަދި އޭގެން ދަތުރުކުރި ސިފައިންގެ އެއްވެސް ހަބަރެއް ނުވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ހެލިކޮޕްޓަރު ގެއްލުނު ސަރަހައްދަށް ސްނޯވ އާއި ދުންފިނީގެ އަސަރުގެ އިތުރުން ވާރޭވެސް ވެހެފައިވާތީ ސިފައިން ހޯދުމުގެ މަސައްކަތަށް ހުރަސް އެޅެމުންދާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ބީބީސީން ބުނެފައިވެއެވެ. އަދި އެއީ ފަރުބަދަމަތީ ސަރަހައްދަކަށް ކަމުން ރެސްކިއު ޓީމުތަކަށް ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ ނޭވީން ވަނީ އެ ހެލިކޮޕްޓަރަކީ ގިނަ އަދަދެއްގެ ސިފައިންނާއި އާލާތްތައް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ވަރުގަދަ ހެލިކޮޕްޓަރެއްކަމަށް ބުނެފައެވެ. އެގޮތުން އެ ހެލިކޮޕްޓަރުގައި 16 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ހުންނާނެ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

ހަމަ އެހެންމެ، ފަސިންޖަރުން އުފުލާ ނަމަ އެއްފަހަރާ 36 ފަސިންޖަރުންނަށް ވެސް އޭގައި ދަތުރުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ ކުރިންވެސް މި ހެލިކޮޕްޓަރު ގެއްލުނު ކެލިފޯނިޔާ ފަރުބަދަ ތަކާއި ދިމާއިން މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން މީގެ ކުރިންވެސް އެ ސަރަހައްދުގައި ފަރުބަދައިގައި ޖެހި އެކްސިޑެންޓް ހިނގައި ހެލިކޮޕްޓަރާއި، އޭގެން ދަތުރު ކުރި މީހުން މަރުވެފައި ވެއެވެ.

ނަމަވެސް މި ފަހަރުގެ ހާދިސާގައި ސިފައިން މަރުވެފައިވާ ކަމެއް ނުވަތަ ނުވާ ކަމެއްވެސް އަދި އެނގިފައިނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.