ވިސާ ނުލައި ޔޫއޭއީއަށް މިހާރު ދެވޭނެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރިން ވިސާއެއް ނެގުމަކާއި ނުލައި މާދަމާއިން ފެށިގެން ހުރިހާ ދިވެހިންނަށް ޔޫއޭއީއަށް ދެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލް މިއަދު ވިދާޅުވީ ދިވެހިންނަށް ވިސާއާ ނުލައި ޔޫއޭއީ އަށް ދަތުރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެގައުމުން އަޅާ ނިންމާފައިވާ ކަމަށެވެ.
އަދި އެގައުމަށް ދަތުރުކުރާ އެއަރލައިންތަކަށްވެސް ވިސާނުލައި ދަތުރުކުރެވޭނެ ވާހަކަ އަންގާފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
ހުރިހާ ކެޓެގަރީއެއްގެ ޕާސްޕޯޓުގެ ވެރިންނަށްވެސް ކުރިން ވިސާނެގުމަކާއި ނުލައި ޔޫއޭއީއަށް އެއްމަހުގެ ވިސާ ލިބޭނެކަމަށް ފޮރިން މިނިސްްޓްރީން ވަނީ މައުލޫމާތުދީފައެވެ.
މި އިންތިޒާމް ޔޫއޭއީގެ އިތުރުން އެެހެނިހެން ގައުމުތަކަށްވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް