ވަޒީރުންތަކެއް އިންޑިޔާއަށް ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ތިން ވަޒީރަކު އަވަށްޓެރި އިންޑިޔާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ފިނޭންސް މިނިސްޓަރު އަހްމަދު އަމީރު އަދި އިކޮނަމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ. މިބޭފުޅުން އިންޑިޔާއަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދަކީ ދެގައުމުގެ މެދުގައި ގުޅުންތައް ބަދަހިކުރުން ކަމަށް ފޮރިން މިނިސްްްޓްރީން ވަނީ ބުނެފައެވެ.
މި ދަތުރުފުޅާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ދެގައުމުގެ ގުޅުމާއި ދޭދޭ ފަރުދުންގެ އެކުވެރިކަން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މިއީ، އާ ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް