ޕަޕުއާ ނިއު ގިނީގެ ސިފައިން މަޖިލީހަށް ހަމަލާދީފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕަޕުއާ ނިއު ގިނީގެ ސަތޭކައެއްހާ ސިފައިންނާއި ފުލުހުން، އެގައުމުގެ ގާާނޫނު ހަދާާ މަޖިލީހަށް ވަދެ އެތަނަށް ހަމަލާދީފިއެވެ.
އޭއެފްޕީން ރިޕޯޓްކުރާ ގޮތުގައި ސިފައިންނާއި ފުލުހުން މަޖިލީހަށް ވަދެފައިވަނީ ނިމިދިޔަ ހަފްތާގައި އޮތް އޭޕެކް ސަމިޓްގައި ސިފައިންނާއި ފުލުހުން ކުރި މަސައްކަތަށް ދޭންޖެހޭ އެލަވަންސް ނުދީގެން ކަމުގައިވެއެވެ. ސިފައިން އެތަނަށް ވަދެ ވަނީ އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ބިއްލޫރި ތަކާއި ދޮރުތައް ހަލާކުކޮށްލާފައެވެ.
ޕަޕުއާ ނިއު ގިނީގެ މަޖިލިސް މެންބަރަކު ފޭސްބުކަށް ލާފައިވާ ވީޑިޔޯއެއްގައި މަޖިލީހަށް ލިބިފައިވާ ގެއްލުންތައް ވަނީ ދައްކާލާފައެވެ. އެ ވީޑިޔޯގައި މަޖިލީހުގެ ކޮރިޑޯތެރެ އެއްކޮށް ސުންނާފަތިވެފައިވާ ގޮތަށް ފެންނައިރު، މަޖިލީހުގެ ބައެއް މުވައްޒަފުންނަށްވެސް އަނިޔާ ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ސިފައިންގެ ގްރޫޕަކުން އަދިވެސް މަޖިލީހުގެ ދޮރުމަތީގައި މުޒާހަރާ ކުރަމުންދާއިރު، ވީހާވެސް އަވަހަށް އެލަވަންސް ސިފައިންނާއި ފުލުހުންނަށް ދޭނެކަމަށް، އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް