ސަމާލުވޭ! ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑު ސަރަހައްދުން ކޮންޓެއިނާތަކެއް އޮޔާދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑު ސަރަހައްދުން ކޮންޓެއިނާތަކެއް އޮޔާދަނީ އެކަމަށް ސަމާލުވުމަށް މެރިން ފުލުހުން އިލްތިމާސްކޮށާްފިއެވެ.
މިކަމާ ގޫޅޭގޮތުން މޯލްޑިވްސް ޮލިސް ސާވިސްއިން ބުނެފައިވަނީ، މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާ ކަމުގެ މައުލޫމާތު މިރޭގެ 23:10ހާއިރު އެކުންފުނިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އެހެންކަމުން ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް