ޖަޕާނަށް އައި ބިންހެލުމުގައި ވަނީ ބޮޑަތި ގެއްލުންތަކެއް ލިބިފައި
ޖަޕާނަށް އައި ބިންހެލުމުގައި ވަނީ ބޮޑަތި ގެއްލުންތަކެއް ލިބިފައި
ދުނިޔެ 02 Jan 2024 | 06:47

ޖަޕާނަށް އައި ވަރުގަދަ ބިންހެލުމާއިއެކު ބޮޑެތި ގެއްލުންތަކެއް ލިބި 30 މީހުން މަރުވެއްޖެ

އިއްޔެވަގުތެއްގައި ޖަޕާނުގެ މެދުތެރޭގައި އޮންނަ އިޝިކަވާ ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި 30 މީހުން އެ ޕްރޮވިންސަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ޖަޕާނުގެ ކާރިސާތަކާއި ބެހޭ މައި ޢިދާރާއިން މަޢުލޫމާތު ދޭގޮތުގައި މި ބިންހެލުމާއި ގުޅިގެން އަދިވެސް އިތުރު މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށާއި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ޖަޕާނުގެ ވަޖިމާ ސަރަހައްދަށް ކަމަށެވެ.

އިއްޔެ ޖަޕާނަށް ފުލްފުލުގައި 20 ވަރަކަށް ބިންހެލުން އައިސްފައިވާއިރު އެންމެ ބާރު ގަދަ ބިންހެލުމެއްގެ ގޮތުގައި އިއްޔެ ރެކޯރޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.5 ގައި އައި ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން ޖަޕާނުގެ އައްސޭރި ފަށަށް ސުނާމީގެ އިންޒާރު ނެރެފައިވާ އިރު ޖަޕާނުގެ ބައެއް ހިސާބުތަކަށް ސުނާމީވެސް އަރާފައިވެއެވެ.

ޖަޕާނުގެ ކާރިސާތަކާއި ބެހޭ ޢިދާރާއިން މަޢުލޫމާތުދޭ ގޮތުގައި ޖަޕާނަށް އައި ބިންހެލުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ގެދޮރަށާއި ތަކެއްޗަށް ވަނީ ވަރަށް ބޮޑަތި ގެއްލުންތަކެއް ލިބިފައެވެ. ބައެއް ހިސާބުތަކުން ގަސްތައް ވެއްޓި މަގުމަތީގެ ދަތުރުފަތުރުތަކަށް ވަނި ބުރޫ އަރާފައެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތްވެސް ވަނީ ކެނޑިފައެވެ. ހަމަ އެހެންމެ ބައެއް ސަރަހައްދުތަކުގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްވެސް ވަނީ މެދު ކަނޑާލަށް ޖެހިފައެވެ.

އިއްޔެގެ ޖަޕާނަށް އައި ބިންހެލުމާއި ގުޅިގެން 140 ވަރަކަށް ލޮޅުންތައް ރެކޯރޑު ކުރެވިފައިވާއިރު ސުނާމީގެ އިންޒާރާއި ގުޅިގެން 97،000 އަށްވުރެ ގިނަ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފައިވެއެވެ. ނަމަވެސް މިހާރު މިއެންމެން އަބުރާ އެމީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވަނީ ބަދަލުވެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޖަޕާނަށް ބިން ހެލުން އައިސްދާނެކަމަށް ވިސްނައިގެން އެކަމަށް ސަމާލުވުމަށް ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންޒާރުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.