ތިންވަނަ ފިކުރުގެ ޕާޓީ ކަޅުފޮށީގައި 3333 ފޯމް އިލެކްޝަންސްއަށް ހުށަހަޅައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) އުފެއްދުމަށް ބޭނުންވާ ފުރަތަމަ 3333 މެންބަރުންގެ ސޮއި ހަމަކުރުމަށްފަހު އިލެކްޝަން ކޮމިޝަން އަށް ހުށަހަޅައިފި އެވެ.
އެމްޓީޑީން ފަރާތުން މިފޯމްތައް ގެންގޮސްފައިވަނީ ޕާޓީގެ މުޝްތަޝާރު އިސްވެހުންނަވައި ކަޅުޕޮއްޓެގައެވެ. މިޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ކުރީގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފްއަށެވެ.
މިހާތަނަށް އެމްޓީޑީއަށް ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެންކަނބަލުން ވަނީ ގުޅިފައެވެ. މިކަމާ ބެހޭގޮތުން ވޮއިސްއަށް ދެއްވި އިންޓަވިއުއެއްގައި އާސިފް ވިދާޅުވި ޒުވާނުން ޕާޓީއަށް ވަންނަމުން ދަނީ މިއީ ކުރިއަރަށްދިޔުމުގެ މަގު ފަސޭހަ ޕާޓީއަކަށް ވުމުންކަމަށެވެ. ޕާޓީގެ ހުރިހާ ސިޔާސަތެއް ކަނޑައެޅެނީ ޕާޓީގެ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކަކީ ސިޔާސަތާއި ޕާޓީގެ މަޤާމްތަކަށް މީހުން ކަނޑައެޅިފައިވާ ތަންތަން ކަމުނެ އެފާޓީތަކުން ޒުވާނުންނާއި އާއްމު މެންބަރުންގެ ބައިވެރިވުން ކުޑަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީޑީ އުފެއްދުމަށް އީސީއަށް ހުށަހަޅާފައިވާ އިރު މިހާތަނަށް މަޖިލިސް މެންބަރެއް ވެސް ވަނީ އެޕާޓީ އާއި ގުޅިވަޑައިގެންފައެވެ. އެގޮތުން ޕާޓީއަށް ފުރަތަމަ ސޮއި ކުރެއްވި އަހްމަދު އަދީބް އާއި ގާތް ބޭފުޅެއްކަމުގައި ވާ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދުވަނީ ޕީޕީއެމް ދޫކުރައްވައި އެމްޓީޑީއާއި ގުޅިވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް