ރަސްގެފާނު ޗާލްސް ރަސްކަމުގެ ބަޔާން އިއްވަނީ-- ފޮޓޯ: އޭއެފްޕީ
ރަސްގެފާނު ޗާލްސް ރަސްކަމުގެ ބަޔާން އިއްވަނީ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ 06 Feb 2024 | 12:32

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިއްޖެ

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އަށް ކެންސަރު ޖެހިއްޖެއެވެ.

ޗާލްސް އަށް ކެންސަރު ޖެހިފައިވާކަން އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ވަނީ މިއަދު ނެރުނު ބަޔާނެއްގައި އިއުލާންކޮށްފައެވެ. އެއާއިއެކު އުމުރުން 75 އަހަރުގެ ރަސްގެފާނު ވަނީ ވަގުތުން ފަރުވާ ފެށުމަށް ސެންޑްރިންހަމް އިން ލަންޑަނަށް އެނބުރި އައިސްފަ އެވެ.

ގަނޑުވަރުން ބުނި ގޮތުގައި ޗާލްސް އަށް ކެންސަރުޖެހިފައިވާ ކަން އެނގުނީ ޕްރޮސްޓޭޓުގެ ފަރުވާއަކަށް ހޮސްޕިޓަލްގައި އެޑްމިޓުކޮށް ހެދި ޓެސްޓުތަކަކުންނެވެ. ޗާލްސް އަށް ޖެހުނީ ކޮންކަހަލަ ކެންސަރެއްކަން ހާމަ ނުކުރި ނަމަވެސް އެއީ ޕްރޮސްޓޭޓްގެ ކެންސަރު ނޫން ކަން ޝާހީ ޢާއިލާގެ ބައެއް މަސްދަރުތަކުން މީޑިޔާތަކަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ރަސްގެފާނު ވަނީ އޭނާގެ ހާލަތާ ބެހޭ ގޮތުން އެމަނިކުފާނުގެ ދެ ދަރިކަލުން ކަމުގައިވާ ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ އަށް އަންގާފައެވެ. އެއާއި އެކު، ޑޫކް އޮފް ސަސެކްސް، ޕްރިންސް ހެރީ އެބޭފުޅާގެ ބައްޕާފުޅުގެ އަރިހަށް ލަންޑަނަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

މި އާލާސްކަންފުޅާއި އެކު ޗާލްސް ވަނީ ބައްދަލުވުންތަކާއި، އާންމުންނާއި ކުރިމަތިލާން ޖެހޭ ފަދަ މަސްއޫލިއްޔަތުތަކުން ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވާފައެވެ. ނަމަވެސް މި މުއްދަތުގައި، ކުރިއެކޭވެސް އެއްފަދައިން ދައުލަތުގެ ވިޔަފާރިއާއި ރަސްމީ ލިޔެކިޔުންތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެއެވެ. ޗާލްސް މިފަދައިންނިންމެވިނަމަވެސް، ޝާހީ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ރާނީ ކެމިލާ ހުންނަވާނެ ކަމަށް ގަނޑުވަރުން ވަނީ ބުނެފައެވެ.

މި ޚަބަރު ލިބިފައިމިވަނީ، ބަނޑުގެ އޮޕަރޭޝަނެއް ކޮށްގެން ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަހު ހޮސްޕިޓަލުގައި އެބޭފުޅާގެ ޅީދަރިކަބަލުން އަދި ޕްރިންސް ވިލިއަމްގެ އަނބިކަބަލުން، ޕްރިންސެސް އޮފް ވޭލްސް، ކޭޓް ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރަސްގެފާނު ޗާލްސްގެ މި އާލާސްކަންފުޅާއިއެކު ޝާހީ އާއިލާގެ ބޭފުޅުންގެ ރޯލް ތަކަށް ބަދަލު އަންނާނެތޯ އާންމުންދަނީ ސުވާލު ކުރަމުންނެވެ. ބޮޑަށް ބެލެވޭ ގޮތުގައި ޗާލްސް ގެ ހާލުކޮޅު ރަނގަޅުވަންދެން ވެރިކަމުގެ މަސްއޫލިއްޔަތު ތަކާއި ހަވާލުވާނީ ދެން ތަޚުތާއި ހަވާލުވާން ހުރި ޕްރިންސް ވިލިއަމް ކަމަށް ބޭރުގެ ނޫސް ތަކުން ރިޕޯޓް ކުރެއެވެ.

ޗާލްސް އިނގިރޭސިވިލާތުގެ ތަޚުތާއި ހަވާލުވީ މަންމާފުޅު ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން 8 ސެޕްޓެމްބަރު 2022 ގައި، އުމުރުފުޅުން 73 އަހަރުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.