ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، ތިން ކޮންޓޭނަރު ނުފެނޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް މޫދަށް ވެއްޓުނު ހާދިސާގައި ޖުމްލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބާޖުން ވެއްޓުނީ ފަސް ކޮންޓޭނަރު ކަމަށާ އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށެވެ. އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ ރޭ 11:10 ހާއިރު އެވެ.
ފުލުހުން އޭރު ބުނީ މި ކޮންޓޭނަރުތައް ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑު ސަރަހައްދުން އޮޔާދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް