ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ފަރުވާތައް ހިލޭ ކޮށްދެނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ފަރުވާތައް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އެންސްފާގެ އެހީގައި ކޮށްދޭން ފަށައިފިއެވެ.
މި ޕްރޮގްރާމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއަދު ތައާރަފްކުރެވުނު މި ޕްރޮގްރާމް މެދުވެރިކޮށް އާސަންދަ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރުވާއަށް ބޭނުންވާ ތެރަޕީތަކާއި، އެހެނިހެން ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދެވިގެންދާނެއެވެ. މި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށްކަން ފާހަގަކޮށްލެވެއެވެ.
މިއަދު މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްުޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ މިފަދަ ޚިދުމަތްތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް، އެހިދުމަތްތައް ފޯރުކޮށްދެނީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މަގުސަދުގައިކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް