ސިމެންތި ބަސްތާއިން ޖެހުނު ކުއްޖާއަށް މިދަނީ އެހީވަމުން: ޑަބްލިއު ކޮންސްޓްރަކްޝަން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޑަބްލިއު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ އިމާރާތެއްގެ މަތިން މިއަދު ހެނދުނު ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވެފައިވާ ކުއްޖާއަށް އެހީތެރިކަން ފޯރިކޮށްދެމުންއަންކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނިން މީޑިއާއަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިގޮތުގައި މިހާރުވެސް އަންނަނީ އެކުއްޖާގެ އާއިލާއާއި ބައްދަލުކޮށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށާއި ފުލުހުންގެ ތަހުޤީޤަށްވެސް އެއްބާރުލުން ދެމުން އަންނަކަމަށް ޑަބްލިއު ކޮންސްޓަރަކްޝަންގެ އޮފިޝަލް ހާމަކުރެއްވިއެވެ.
މިއަދު ހެނދުނު މިހިނގަދިޔަ ނުރައްކާތެރި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ ނުވަ އަހަރުގެ ކުޑަ އަންހެންކުއްޖަކަށެވެ.
އައިޖީއެމްއެޗްއިން ހާމަކުރައްވާގޮތުގައި އެކުއްޖާގެ ހާލު ސީރިއަސްއެވެ. އަދި އެމަޖެންސީގައި އެކުއްޖާގެ އޮޕަރޭޝަންތަކެއް ކުރަންމުންދާކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.
މިހާދިސާއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގައި އިމާރާތްކުމަށް ދޫކޮށްފައިވާ ހުއްދަތައް ވަގުތީގޮތުން ހުއްޓުވައި، މާދަމާ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތެރިވާ ކުންފުނިތަކާ ބައްދަލުކުރައްވާނެކަން ހާމަކުރައްވާފައެވެ.
މިހާދިސާ ހިނގި ސަރަހައްދުގައި ވަނީ އިންޒާރުގެ ބޯޑު ބެެހެއްޓިފައިކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް