ޕީއެސްއެމްގެ އެމްޑީއަކަށް އަލީ ޚާލިދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިންގް ޑިރެކްޓަރކަމުގެ މަގާމަށް ކުރިން ޓީވީއެމްގެ ސީއީއޯގެ މަގާމު އަދާކުރެއްވި އަލީ ޚާލިދު އައްޔަންކޮށްފިއެވެ.
އަލީ ޚާލިދު ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ މިއަދެވެ. ޚާލިދަކީ ޓީވީގެ ދާއިރާގައި ގިނަ ދުބަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ އެކަމުގެ ތަޖުރިބާހުރި ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
ޚާލިދު އެންމެފަހުން ފެނިފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭންސް އޮފިސަރުގެ ގޮތުގައެވެ. މީގެ އިތުރުން ޚާލިދުވަނީ މިފްކޯއަދި ވަތަނިއްޔާގައިވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީއެސްއެމްއަށް ވަނީ ސިޔާސީ ނުފޫޒުފޯރާފައިވާކަމަށްބުނެ ގިނަ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް