ގދ ހޯނޑެއްދޫ: ފޮޓޯ/ ހޯނޑެއްދޫ ކައުންސިލް
ގދ ހޯނޑެއްދޫ: ފޮޓޯ/ ހޯނޑެއްދޫ ކައުންސިލް
ހަބަރު 03 Apr 2025 | 12:44

ހޯނޑެއްދޫ އެކި ސަރަހައްދު ތަކުގައި އަލިފާން ރޯކުރުމުގެ މައްސަލަ ބޮޑުވެ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ގދ. ހޯނޑެއްދޫގެ އެކިތަންތަނުގައި އަލިފާން ރޯކުރުން އާންމުވެފައިވާތީ، މިއަދުން ފެށިގެން އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިއްޔެ ނެރުނު އިޢުލާނުގައި ބުނީ، މިކަމަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ ޢަމަލެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ދަނޑުބިންތަކާއި ރައްޔިތުންގެ ރުއްގަހާއި މުދަލަށް ބޮޑެތިގެއްލުން ތަކެއް ލިބިގެންދިއުމުގެ ފުރުޞަތު އޮތް ކަމަށެވެ.

މީގެ އިތުރުން އަލިފާން ރޯކޮށް، އެ އަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އަލިފާން ރޯކުރުމަކީ ގަވާއިދު ނަންބަރު: 2019/R-995 (އާންމު އުނދަގުލާބެހޭ ގަވާއިދު) ގެ ދަށުން މަނާކަމެއްކަންވެސް އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް އެ ކައުންސިލުން ވަނީ ގެނެސްފައެވެ.

އެހެންކަމުން، އެ ގަވާއިދާއި ޚިލާފަށް އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތި، އާންމު ތަންތާގައި އަލިފާން ރޯކުރުމަކީ މަނާކަމެއްކަމުގައިވާތީ، ހޯނޑެއްދޫގެ އެއްވެސް ތަނެއްގައި ގަވާއިދާ ޚިލާފަށް ރޯކުރާ ފަރާތްތަކާމެދު އެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ހޯނޑެއްދޫ އިހްތިސާސަށް ބަދަލެއް: ކަޑެވާރެހާ ވަކިކޮށްފި
06 Apr 2025 ހަބަރު

ހޯނޑެއްދޫ އިހްތިސާސަށް ބަދަލެއް: ކަޑެވާރެހާ ވަކިކޮށްފި

ގދ. ހޯނޑެއްދޫގެ އިހްތިސާސަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ގަރާރެއް ނެރުއްވާ އެކަން އިއުލާނު ކުރައްވާފަ އެވެ....