އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރުމަށް އިއުލާންކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އޮޑިޓް ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކޮމިޓީއަކުން ކޮންމެ އަހަރުވެސް އޮޑިޓް ޖެނެރަލް އޮފީހުގެ އޮޑިޓެއް ހަދަން މުސްތަގިއްލު އޮޑިޓަރަކު އައްޔަން ކުރަންވާނެ
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައިވަނީ އޮޑިޓް އޮފީސް އޮޑިޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީ 20 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައެވެ.
އަދި މި ޕްރޮޕޯސަލްތަކުގެ އަގު އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނުވާނެގޮތަކަށް ހެދުމަށް އެ އިިދާރާގެ އިއުލާނުގައި ބުނެފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކޮމިޓީއަކުން ކޮންމެ އަހަރުވެސް އޮޑިޓް ޖެނެރަލް އޮފީހުގެ އޮޑިޓެއް ހަދަން މުސްތަގިއްލު އޮޑިޓަރަކު އައްޔަން ކުރަންވާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް