އާޖެންޓީނާ އާއި އީރާން ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗުގެ ތެރެއިިން
އާޖެންޓީނާ އާއި އީރާން ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 19 Feb 2024 | 21:41

ބީޗު ސޮކާ ވޯލްޑްކަޕް: އާޖެންޓީނާ އަދި ސްޕެއިން ގުރޫޕް ސްޓޭޖުން ކަޓައިފި

ދުބާއީގައި މިހާރު ކުރިއަށްދާ ބީޗު ސޮކާ ވޯލްޑްކަޕް 2024 ގެ ގުރޫޕް "ބީ" ގައި އީރާން އަދި ޓަހިޓީ ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، މިގުރޫޕްގައި ހިމެނޭ އާޖެންޓީނާ އަދި ސްޕެއިން މުބާރަތުގެ ގުރޫޕް ސްޓޭޖުން ކަޓައިފި އެވެ.

ފެބުރުއަރީ 15-25 އަށް ދުބާއީގައި ކުރިއަށް މިމުބާރާތުގައި ޖުމްލަ 16 ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށް ދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް ކުއާޓާގެ ފުރުސަތު ލިބޭ ގޮތަށެވެ.

ބީޗް ސޮކާ ވޯލްޑްކަޕްގައި ކޮންމެ މެޗެއްގައި 10 މިނެޓުގެ ތިން ހާފު އުޅޭއިރު، ގުރޫޕް ސްޓޭޖުގެ މެޗުތަކުގައި ވެސް ދެޓީމު އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތުގެ އެއްހާފު ކުޅެ، ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ޕެނަލްޓީ ޖަހައިގެން މޮޅުވާ ޓީމެއް ކަނޑައަޅާނީ އެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތަކުގައި މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި މޮޅުވެއްޖެ ނަމަ، މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު، އިތުރު ވަގުތު ކުޅެގެން މޮޅުވެއްޖެނަމަ ލިބޭނީ ދެ ޕޮއިންޓެވެ. އަދި ޕެނަލްޓީ ޖަހައިގެން މޮޅުވާ ޓީމަކަށް ލިބޭނީ އެއް ޕޮއިންޓެވެ.

އެގޮތުން ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އީރާން ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކުރިއިރު، ޓަހިޓީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މުބާރާތުގައި އީރާނުން ކުޅުނު ފުރަތަަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުން ސްޕެއިން އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 6-3 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށްފައެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި 5-3 ގެ ނަތީޖާއަކުން ޓަހިޓީ އަތުން މޮޅުވެ އެޓީމުން ގުރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކުގައެވެ.

ޓަހިޓީ ގެ ފުރަތަަމަ މެޗުގައި 4-3 ގެ ނަތީޖާއަކުން އާޖެންޓީނާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 5-3 ގެ ނަތީޖާއަކުން ސްޕެއިން ބަލިކޮށްފައެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި 5-3 ގެ ނަތީޖާއަކުން އީރާން އަތުން ބަލިވި ނަމަވެސް ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ އެޓީމުން ވަނީ ކަށަވަރުކޮށްފައެވެ. އަދި މިގުރޫޕްގެ ތިންވަނަ ހޯދީ އާޖެންޓީނާ އެވެ.

އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި 5-4 ގެ ނަތީޖާއަކުން ސްޕެއިން ބަލިކޮށް ތިން ޕޮއިންޓް ހޯދާފައެވެ. އަދި މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ސްޕޭނުން ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ގުރޫޕް ބީގެ ފުލުގައި އޮވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...