N/A
N/A
ހަބަރު 17 Dec 2018 | 07:55

"އިންޑިޔާގެ ބޮލުގައި ރިހެނީބާ!"

މި އާޓިކަލަކީ 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމާއި ގުޅިގެން އޭރު ރާއްޖޭގެ އެންމެ މަޝްހޫރު ނޫސް " ވިޔަފާރި މިއަދު" ގައި ޝާއިއުކޮށްފައިވާ އާޓިކަލެކެވެ. މިއާޓިކަލަކީ އަޅުގަނޑުމެންގެ މިހާރުގެ ހާލަތާ ވަރަށް ބޮޑަށް ގުޅޭ އާޓިކަލަކަށްވާތީ " ވޮއިސް" ގައި އެއާޓިކަލް ހިމަނާލުމަށް ގަސްދުކުރަމެވެ.
މ. ގެ ނަމުގައި 1965 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 24 ވަނަ ދުވަހު ޝާއިރުކޮށްފައިވާ އެއާޓިކަލް ތިރީގައި މިވަނީއެވެ.

ދިވެހި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުން ސަލާމަތްވުމާއެކު ރެޑް ޗައެނާއާއި ދިވެހި ރާއްޖެއާ ދޭތެރޭ އެކުވެރިކަމުގެ ގުޅުމެއް ހިނގާފާނެކަމުގައި އިންޑިޔާ މާބަނޑޭރި ބިރު ( ބިރެއް ފެނިދާނެތީ ގަންނަބިރު ) ގަންނާން ފަށައިފިއެވެ. ވަސްވާހުގެ ޝައްކުތައް ހިނގާންފަށައިފި ކަހަލައެވެ.

މިއޯގަސްޓްގެ ކުރީ ހަތްދުވަހުގެތެރޭ މެޑްރާސްއިން ނުކުންނަ ހިންދޫ މިނަން ކިޔާ ނޫހުގައި ލިޔުނޭ " ކޮޅޮނބުގައިތިބޭ ޕީކިންގް ޑިޕްލޮމޭޓްސް ދިވެހި ރާއްޖެ އަލަށް މިނިވަންވުމާއެކު އެތަނާ އެކުވެރިކަމުގެ ގުޅުމެއް ބަހައްޓާންވެގެން ވަރަށް އަވަހަށް އުޅެގަތެވެ."

މިވާހަކަ ލިޔަމުންގޮސް ލިޔުނޭ" އެރަށްތަކުގައި ޗައެނާގެ ސަފީރަކު ބެހެއްޓޭތޯ އެބައުޅެއެވެ. ދިވެހި ރާއްޖެއަކީ ހަމައެކަނި އިނގިރޭސިންގެ ސަފީރަކު ހުންނަ ރަށެކެވެ."

މިވާހަކަ އެނޫހުގައި ލިޔަނީ ހިންދޫގެ ޓޯކިޔޯ ކޮރޮސްޕޮންޑެންޓް މިސްޓަރ ކޭ.ވީ. ނާރާޔަންއެވެ. މީނާ ހިންދޫގައި ލިޔަނީ ދިވެހި ރާއްޖެއަކީ ސިލޯނުގެ ހުޅަނގުން އިންޑިއަން އޯޝަންގައި އޮންނަ ކުދިކުދި އަތޮޅުތަކެއްގެ މައްޗަށް ބިނާވެފައިވާ ޖަޒީރާ ތަކެކެވެ.

ދުނިޔޭގެ ގިނަ މީހުންނަށް އެރާއްޖޭގެ މައުލޫމާތު ލިބިފައިވަނީ ވަރަށްވެސް ކުޑަކޮށެވެ. އެބައި މީހުން އިނގިރޭސިންގެ ކިބައިން މިނިވަންވުމާއެކު ރަސްމީ ގޮތުގައި އެތަން ގަބޫލުކުރީ ދުނިޔޭގެ މަދު ދައުލަތްތަކެކެވެ.

މީގެތެރެއިން ޗައިނާއަކީ އެންމެ ކުރީކޮޅުގައި ދިވެހި ރާއްޖޭގެ މިނިވަންކަން ގަބޫލުކޮށް އެކަމާމެދު އުފާވެރިކަމުގެ ބެރުޖަހާންފެށި މީހުންނެވެ. ޗައިނާގެ ރައީސް ލީސާހޯ ޗީއާއި ބޮޑުވަޒީރު ޗޫއެންލައި އާ ދެމީހުން ދިވެހި ރާއްޖޭގެ ރަދުންނަށާއި އަދި ބޮޑުވަޒީރަށް ފޮނުވި މެސެޖްތަކުގައި އެތާގެ ވެރިކަން ގަބޫލުކުރުމާއެކު މުބާރިކްބާދީތައްވެސް ފޮނުވިއެވެ.

މިސްޓަރ ޗޫ ދިވެހި ރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ނާސިރަށް ފޮނުވި މެސެޖްގައި ދިވެހި ރާއްޖޭގެ މީހުން އިމްޕީރިއަލިޒަމާއި އަދި ނިއުކްލޯނިއަލިޒަމްގެ އަތްދަށުން ސަލާމަތްވާން ކުރާ މަސައްކަތުގައި ކާމިޔާބުވުން އެދި ދުއާކޮށްފައިވެއެވެ. އަދި ޗައިނާގެ ބޮޑުވަޒީރު މާޝަލް ޗެންޔީ ދިވެހި ރާއްޖެއަށް ފޮނުވި މުބާރިކް ބާދީގެ މެސެޖްގައި ތަކުރާރުކޮށްފައިވެޔޭ" ޗައެނާ ދިވެހި ރާއްޖޭގެ މިނިވަންކަން ގަބޫލުކުރުން ކުރިއަށްގޮސް ދެބައިމީހުންގެ އެކުވެރިކަމާއި ރަހުމަތްތެރިކަން އަދި މާބޮޑުވެ ބަދަހިވާނެއެވެ.

މިވާހަކަތައް ލިޔަމުންގޮސް ލިޔުނޭ" ކޮޅުނބުގައި ހުންނަ ޗައެނާގެ އެމްބަސެޑަރ އިއްޔެ ހެނދުނު ދިވެހި ރާއްޖޭގެ ބޮޑުވަޒީރު މިސްޓަރ އިބްރާހިމް ނާސިރާ ބައްދަލުކޮށް ރަހުމަތްތެރިކަމުގެ ޚިޔާލު ބަދަލުކުރިއެވެ.

ޕީކިންގެ ގެފަރާތުން އެކުޑަކުޑަ ދިވެހި ޜާއްޖެއާ ގުޅުމަށް މިބަހައްޓާ ފޯރިން ފެންނަ އެއްޗަކީ ދާދި އަވަހަށް ދިވެހި ރާއްޖޭގައި ޗައިނާގެ ސަފީރަކު ބެހެއްޓޭތޯ ބަލާނެއެވެ. އޭރުން އިނގިރޭސިންގެ ސިފައިންނާއި ވައިގެ ލަޝްކަރު ދުރުއިރުމަތީގައި ކުރާ ހަރަކާތްތައް ޗައެނާއަށް އެގެމުންދިޔުން ވަރަށް ފަސޭހަވާނެއެވެ. އެތާގައި އާރް.އޭ.އެފް ގެ އިސްޓޭޖިން ޕޯސްޓެއް އެބަހުއްޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.