N/A
N/A
ހަބަރު 27 Dec 2018 | 00:41

ޕޮގްބާގެ މޮޅު ކުޅުމާއެކު މެންޗެސްޓާ ޔުނައިޓެޑް ހުއްޓުމެއްނެތި ކުރިއަށް

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ހަޑަސްފީލްޑް ބައްދަލުކުރި މެޗް 3-1 ކުން ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ.

މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނު ލަނޑުތައް ކާމިޔާބު ކޮށްދިނީ މެދުތެރެއަށް ކުޅެމުން އަންނަ މަޓިޗް އަދި ޕޮގްބާއެވެ. ޕޮގްބާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޭނާވަނީ ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދީފައެވެ. މިއީ މިދިޔަ އޭޕްރިލް މަހުގެ ފަހުން މެޗެއްގައި ޕޮގްބާ ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ހަޑަސްފީލްޑްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޖޯގެންސެންއެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ ޔުނައިޓެޑް މި ސީޒަނުގައި އެއްވެސް މިސްރާބެއް ނެތި ކުޅެމުން ދިޔަތަން ފެނުނު ކަމުގައިވިޔަސް ޔުނައިޓެޑުގެ ލެޖެންޑް ޝޯލްޝާ ކްލަބައި ހަވާލުވުމަށްފަހު އެޓީމް ފެނިގެންދަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދަމުންދާ ރީތި ކުޅުމެއް ކުޅެމުން އަންނަ މަންޒަރެވެ. ޝޯލްޝާ ޔުނައިޓެޑައި ހަވާލުވެގެން ކުޅުނު ދެ މެޗުގައި އެޓީމް ޖެހި އަށް ލަނޑު މީގެ ހެއްކަކަށް ފުދެއެވެ.

މި މެޗުން ބަލިވުމާއެކު ހަޑަސްފީލްޑްވަނީ ޕްރިމިއާ ލީގް ތާވަލުގެ ފުލަށް ވެއްޓިފައެވެ. ޔުނައިޓެޑް އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

ކުރިއަށް އޮތް ލީގް މެޗުގައި ޔުނައިޓެޑް ވާދަކުރާނީ ބޯންމައުތްއާއެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ އާދިއްތަ ދުވަހު ރާއްޖެ ގަޑިން ރޭގަނޑު 09:30 ގައެވެ.

ލީގުގައި އާސެނަލް އަދި ބަރައިޓަން އެންޑް ހޯވް އަލްބިއޯން ބައްދަލުކުރި މެޗު ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ. ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އާސެނަލްއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި ސްޓްރައިކާ އޮބާމެޔާންގްއެވެ. ނަމަވެސް ބްރައިޓަންގެ ލޮކާޑިއާވަނީ އެޓީމަށް ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު ބްރައިޓަން ތާވަލުގެ 13 ވަނައިގަ އޮތް އިރު އާސެނަލް އޮތީ 38 ޕޮއިންޓް ލިބިގެން ފަސްވަނައިގައެވެ.

ތާވަލުގެ ހަތަރުވަނައިގަ އޮތީ ހަޒާޑް ޖަހައިދިން ދެ ލަނޑާއެކު ވޮޓްފޯޑް މައްޗައް 2-1 ކުން ކުރި ހޯދި ޗެލްސީއެވެ.

ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ފުލަމް އަދި ވުލްވްސް ކުޅުނު މެޗު ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ. ކްރިސްޓަލް ޕެލަސް އަދި ކާޑިފް ސިޓީ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުގެން ނިމުނު އިރު އެވަޓަންވަނީ ބާންލީ ކޮޅަށް ފަސް ލަނޑުޖަހައި ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...