ފޮރިން މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގަންނަވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، މިއަހަރުގެ ފަހުކޮޅުގައި ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލިޒޮންގް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ސަފީރު ވަނީ އާ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ޗައިނާގެ ޓޫރިޒަމް މިނިސްޓަރަށް، ދިވެހި ސަރުކާރުގެ ފަރާތުން ދެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ޓޫރިޒަމް މިނިސްޓަރާއި ދެމެދު ބޭއްވުނު މަޝްވަރާ ތަކުން ރަނގަޅު ކަންތައްތަކެއް ހާސިލްވެފައިވާކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުންވެސް ވަނީ ރާއްޖޭގައި ޗައިނާއިން ކުރިއަށްދާ މަޝްރޫއުތަކާއި، ދެގައުމުގެ ގުޅުމާއި ބެހޭގޮތުންވެސް ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވާފައެވެ.
އަދި އެހެެންމެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުގެ މުހިންމު ބައެއް ވާހަކަތައްވެސް ދެބޭފުޅުން ވަނީ ހިއްސާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް