އެހެން ގައުމުތަކުން ޗައިނާއާއި އެކު ގުޅުން ބަދަހިކުރާއިރު ރާއްޖެ ބާކީވެގެން ނޯންނާނެ: ޝާހިދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދުނިޔޭގެ އެހެން ގައުމުތަކާއި ސަރަހައްދީ އެހެނިހެން ގައުމުތަކުންވެސް ޗައިނާއާއި ގުޅުން ބަދަހިކުރާއިރު ރާއްޖެއިން ބާކީވެގެން ނޯންނާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތް ގުޅުން ބަދަހިކުރާނެކަމަށާއި އެގައުމުގެ ސިލްކް ރޯޑް މަޝްރޫއުއަށްވެސް ރާއްޖެއިން އެއްބާރުލުން ދޭނެކަމަށެވެ. ޗަައިނާއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުގެ ގޮތުގައިވެސް އަބްދުﷲ ޝާހިދު ވަނީ ސިފަކުރައްވާފައެވެ.
އެހެންކަމުން އިގުތިސާދީ ގޮތުން ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތައް ވެސް އަދި ސަރަހައްދީ އެހެން ހުރިހާ ގައުމަކުން ވެސް ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ އިރު ރާއްޖެެއިން ބާކީ ވެގެން ނޯންނާނެކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޝާހިދުވަނީ ޗައިނާގެ ތައުލީމީ މަރުކަޒުތަކުން ރާއްޖޭގެ ޒުވާނުންނަށް ތަމްރީނުގެ ފުރުސަތު ލިބިގެންދިޔުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް