ކާޒާ މިއާ.. ފޮޓޯ: ޓްރިޕް އެޑްވައިޒާ
ކާޒާ މިއާ.. ފޮޓޯ: ޓްރިޕް އެޑްވައިޒާ
ހަބަރު 19 Aug 2025 | 22:36

ކާޒާ މިއާ އެންމެފަހުން މަތިވެރި ކައުންސިލާ ހަވާލުކޮށްފި

މައްސަލަ ބޮޑުވެފައިވާ ކާޒާ މިއާ ގެސްޓްހައުސް އެންމެފަހުން އއ.މަތިވެރި ކައުންސިލާ ހަވާލުކޮށްފިއެވެ.

އއ.މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ކާޒާ މިއާ މަތިވެރި ކައުންސިލާ ހަވާލުކުރެއްވިކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ އެއްބަސްވުން ބަދަލުކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެކަމުގެ ލިޔުން ކައުންސިލާ ހަވާލުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކާޒާ މިއާ ގެސްޓްހައުސް ކައުންސިލަށް ހަވާލުކުރިކަމުގެ ލިޔުން ދެއްވީ ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމެވެ. ކައުންސިލްގެ ފަރާތުން ލިޔުމާ ހަވާލުވެ ވަޑައިގެންނެވީ ކައުންސިލްްގެ ރައީސް އަޙްމަދު އަޞްލަމެވެ.

އެއްބަސްވުން ހަވާލުކުރުން... ފޮޓޯ: ރައީސް އޮފީސް

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކާޒާ މިއާ މަތިވެރި ކައުންސިލަށް ލިބުމަށްފަހު އެތަނުން ރައްޔިތުންނަށް މަންފާވާނެކަމަށް އުއްމީދުކުރާ ކަމަށާއި، އެތަނުގެ ކަންކަން ކުރިއަށްގެންދިއުމުގައި ސަރުކާރުގެ ފަރާތުން ކައުންސިލަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނޭކަމަށެވެ.

ކާޒާ މިއާ އަކީ ވިޔަފާރިވެރިޔާ ހެންވޭރު ތިމާވެށި ޢަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއިން ހިންގަމުންއައި ގެސްޓްހައުސްއެކެވެ. ނަމަވެސް އެތަނަށް ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން ތަފާތު އެތައް މައްސަލަތަކެއް ޖެހި މިދިޔަ ސަރުކާރުން ވަނީ ކައުންސިލަށް އެނގުމަކާ ނުލައި 50 އަހަރަށް ރިޗް ކްލަބް މޯލްޑިވްސްއަށް ކުއްޔަށްދީފައެވެ.

އޭރުގެ ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ކުންފުންޏަށް އެބިން ކުއްޔަށްދިނުމުގެ ސަބަބުން ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައިދިނުމަށްވެސް ވަނީ ލަފާދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ކާޒާ މިއާ ހިންގަންދިން ބިންތަކުން މަތިވެރީ ކައުންސިލަށް 2.2 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
23 Aug 2025 ހަބަރު

ކާޒާ މިއާ ހިންގަންދިން ބިންތަކުން މަތިވެރީ ކައުންސިލަށް 2.2 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

ކާޒާ މިއާ ހިންގުމަށް ދީފައިވާ ބިންތަކުން އއ.މަތިވެރީ ކައުންސިލަށް ކުލީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. އޮޑިތަރ ޖެނެރަލް ނެރުއްވާފައިވާ މަތިވެރީ ކައުން...