ރައީސް ނަޝީދުގެ މައްސަަލައިގެ ފަހުބަސް މާދަމާ އިއްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޓެރަރިޒަމްގެ މައްސަލައެއްގައި 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މާދަމާ ކުރުމަށް ސުޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ.
މި މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ތާާވަލްކުރެވިފައިވަނީ މާދަމާ ހެނދުނު 10:45 ގައެވެ. މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.
މި މައްސަލައިގެ އެންމެ ފަހުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އެމަނިކުފާނު ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި އެކަން ކޮށްފައިވަނީ އެމްއެންޑީއެފްގެ ފަރާތުން ކަމަށެވެ.
މި މައްސަލައިގައި ހުކުމްކޮށް ނިމެންދެން ރައީސް ނަޝީދު ވަނީ ވަގުތީގޮތުން މިނިވަންކޮށް، ހުކުމް ތަންފީޒުކުރުން މަޑުޖައްސާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް