ޕީޕީއެމް އަތުން 3.8 މިލިޔަން ރުފިޔާ ހޯދުމަށް މޯލްޑިވިއަންއިން ކޯޓަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ކޮށްފައިވާ ދަތުރުތަކުގެ ތެރެއިން ނުދައްކާ ހުރި ފައިސާކަމުގަައިވާ 3.8 މިލިޔަން ރުފިޔާ ހޯދުމަށް މޯލްޑިވިއަންއިން ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.
ޕީޕީއެމްއާއި ދެކޮަޅަށް މޯލްޑިވިއަން އިން ދައުވާކޮށްފައިވާކަން، އެ ކުންފުނިންވެސް ވަނީ މީޑިޔާތަކަށް ޔަގީންކޮށްދީފައެވެ.
އެޕާޓީގެ ފަރާތުން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ ފައިސާއެވެ. މީގެ ތެރޭގައި މޯލްޑިވިއަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުން، ޕީޕީއެމްގެ ޖަލްސާއަށް މާލެއަށް މީހުން އުފުލި ދަތުރުތައްވެސް ހިމެނެއެވެ.
ސަރުކާރު ބަދަލުވީ އިރު މޯލްޑިވިއަންއަށް ޕީޕީއެމްގެ ފަރާތުން 4.8 މިލިޔަން ރުފިޔާ ލިބެންއޮތެވެ. ނަމަވެސް އެ ފައިސާތަކުގެ ތެރެއިން އެއް މިލިޔަން ރުފިޔާ ޕީޕީއެމްއިން ވަނީ ދައްކައި ޚަލާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް