N/A
N/A
ހަބަރު 23 Dec 2018 | 14:19

ރާާއްޖެތެރޭ މީހާއާއި މާލޭ މީހާގެ ވާހަކަ: ދުވަހަކު ނުނިމޭ ކަމެއްބާ؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ތާރީހު ދިރާސާކުރައްވާ އިލްމުވެރިން ފާހަގަކުރާ ގޮތުގައި ދިވެހިރާއްޖޭގެ ވެރިކަން ކުރާރަށް މާލެއަކީ، ދުނިޔޭގެ ވެެރިކަން ކުރާ ރަށްތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއްރަށެވެ. ޒަމާނުއްސުރެ ދައުލަތުގެ ހުރިހާ ބޮޑެތި ބާރުތަކެއް މާލެއަށް ޖަމާވެފައި އޮތުމުގެ ނަތީޖާއަކަށްވެގެންދިޔައީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެހެން ރަށްރަށަށް ދެވޭ އަޅާލުން ކުޑަވެގެން ދިއުމެވެ. މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ފެންނަ އަދި ނުފެންނަ ފަރަގުތަކެއް ހުރުމެވެ.

މާލޭ މީހާއާއި ރާއްޖެތެރޭ މީހާގެ ވާހަކައަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ދެކެވޭ ވާހަަކައެކެވެ. ރާއްޖެތެރޭ މީހާއަށް އުފާވެރި ދިރިއުޅުމާއި ފުރިހަމަ ވަސީލަތްތަކާއި ހިދުމަތްތައް ލިބެން އޮތީ މާލެއަށް އައިސްގެންކަމަށާއި، މިކަމުގެ ތެރޭގައި މާލޭމީހާގެ ފަރާތުން ރާއްޖެތެރޭ މީހާއަކީ ދަށު ދަރަޖައިގެ މީހެއްކަމަށް ދެކި، އިގްތިސާދީ ފުދުންތެރިކަން ބަލިކަށިކޮށްލަނީ ކަމަށްބުނެ އަބަދުމެ ވާހަކަދެކެވެއެވެ. އަދި ރާއްޖެތެރޭ މީހުން މާލެއަށް އަރަނީ މާލޭގެ މީހުންނަށް ދުއްތުރާކުރަން ކަމަށްވެސް މީހުން ބުނާތީ އަހަމެވެ. ގިނަ ފަހަރަށް މިފަދަ ވާހަކަތައް، ސޯޝަލް މީޑިޔާގެ ހޮޅުއަށިތަކުގައި ޒުވާބުތަކަށް ބަދަލުވެ، ރާއްޖެތެރޭ އެންމެންނާއި މާލެއަށް ނިސްބަތްވާ އެންމެންނަކީވެސް އެބަޔަކު ދެކޭ އެއް ވިސްނުމެއްގައި ތިބި ބައެއްކަމަށް މީހުންނަށް ބުނެވޭ ފަހަރުވެސް މަދެއް ނޫނެވެ.

ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރަކީ ގިނަ ޚިދުމަތްތައް ހޯދުމަށް ރަށްރަށުން ގިނަ ފަރާތްތައް މާލެ އަންނަ ދުވަސްވަރެކެވެ. އަތޮޅުތެރޭގެ ރަށްރަށް ތަރައްގީކުރެވުނުއިރު ހަނދާނުން ކައްސާލައިގެން ނުވަތަ ގަސްދުގަައި، ނުވަތަ އާމްދަނީ ނެތުން ފަދަ އުޒުރަކާއި ހުރެ މާލޭ ސަރުކާރަށް ރަށްރަށުގައި އެކަށީގެންވާ މިންވަރަކަށް ހިދުމަތްތައް ގާއިމް ނުކުރެވުމުގެ ސަބަބުން މާލެއަށް އެކި ހިދުމަތްތައް ހޯދުމަށް ގިނަ ފަރާތްތައް އާދެއެވެ.

އެގޮތުން ބޭސްފަރުވާގެ ހިދުމަތްތަކަކީ ފާހަގަކޮށްލެވޭ ދުވަސްވަރެކެވެ. ސްކޫލް ޗުއްޓީގެ ދުވަސްވަރުގައި މާލޭގެ އައިޖީއެމްއެޗްއާއި އޭޑީކޭފަދަ ހޮސްޕިޓަލްތަކަށް އާންމު މިންވަރަށްވުރެ މީހުން ގިނަވާ ކަމަކީ އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމެކެވެ.ދައްކާލަން މިއުޅޭ ވާހަކައަކީ ޗުއްޓީގެ ދުވަސްވަރުގައި ހޮސްޕިޓަލްތަކުގައިވެސް އެއްކަލަ މާލެއާއި ރާއްޖެތެރޭ މީހާގެ ނުނިމޭ ޒުވާބު ފެށޭ ވާހަކައެވެ.

އެގޮތުން ޓްވިޓަރގައި ނަޖްމާ ފާތިމަތު ނަމަކަށް ކިޔާ ކަނބަލަކު ކުރި ޓްވީޓަކާއި ގުޅިގެން އަނެއްކާވެސް މި ވާހަކަ ވަނީ ވައިގައި ހިފާފައެވެ. އައިޖީއެމްއެޗްގެ ކިއުގައި ނަޖްވާ ޖެހިގެން އިން އަންހެނަކު މިތަން ފުރިފައި މިއޮތީ ރާއްޖެތެރޭ މީހުން ޓެސްޓް ހަދަން އައުމުން ކަމަށާއި، މިހާރު ބަހުގައި ހިތްހަމަޖެހިގެން ދަތުރުކޮށްލެވެނީވެސް މި ރާއްޖެތެރޭ މީހުން ޗުއްޓީ ނިންމާފައި މާލެއަށް ދިއުމުންކަމަށް ހިތްހަމަނުޖެހިފައި ހުރެ ބުނި ވާހަކަ ނަޖްވާ ޓްވީޓްކުރިއެެވެ.

ދެނަކާއި ދެނެއް ނެތެވެ. މުޅި ސޯޝަލް މީޑިޔާ އެ ވާހަކަ ގުގުމާލި ކަހަލައެެވެ. އެކަމަކު އޭގައި އެންމެ ހިތާމަހުރި ކަމަކަށް ވެގެންދިޔައީ ނަޖްމާ ކުރި ޓްވީޓް ރަނގަޅަށް ކިޔާނުލައި ބަޔަކު ނަޖްމާއާއި ގަނާކުރުމެވެ. ރާއްޖެތެރޭ މީހުންނާއި މެދު ހިތްހަމަނުޖެހުނީ ނަޖްމާކަމަށްބުނެ، ނަޖްމާއާއި އޭނާގެ އާއިލާއަށް ކިތަންމެ ބަދުބަހެއް ބުނެ ނަޖްމާގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުކުރިއެވެ. ހަގީގަތުގައިވެސް މިއީ ދެރަކަމެކެވެ. ނަޖްމާއަކީ އެވާހަކަ ލިޔުނު މީހާކަމާއި އެވާހަކަ ބުނީ އެހެންމީހަކުކަން ބަޔަކު މީހުންނަށް ފާހަގަނުވުމަކީ ޒަމާނީވެގެން ސޯޝަލް މީޑިޔާ ބޭނުންކުރާއިރު، އަޅުގަނޑުމެން ޒަމާނީވެފައިވަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދަން ޖެހޭފަދަ ކަމެކެވެ.

ހަގީގަތަކީ ސިއްހީ ފަރުވާއަކީ އިންސާނީ ހައްގެއްކަމެވެ. ހަގީގަތަކީ އެ އިންސާނީ ހައްގަކީ ދިވެހިރާއްޖޭގެ ގިނަ ބަޔަކަށް އަދިވެސް އެންމެ ފުރިހަމަ ގޮތުގައި ނުލިބޭ ފަރުވާއެއް ކަމެވެ. އެހެންކަމުން އެ ފަރުވާ ހޯދުމަށް ރާއްޖެތެރޭ މީހާ މާލެއަށް އަންނަން ޖެހޭ ކަމެވެ. އަމިއްލަ ވަޒަނުގެ ހިތްފަސޭހަކަމާއި އަރާމުކަން ދޫކޮށް ދެތިން ހަފްތާ ނަމަވެސް ކޮންކްރީޓް ޖަންގައްޔަކަށް ނުރުހުމުގައި އަންނަން ޖެހޭކަމެވެ.

އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނުންނެވެ. ދިވެހިންނެވެ. އަތޮޅުތެރެއާއި މާލޭގެ ތަފާތު ނައްތާލަމާ ހިނގާށެވެ. އަތޮޅުތެރެ ތަރައްގީ ކުރުމަށް ބާރު އަަޅަމާހެއްޔެވެ؟އަތޮޅުތެރޭ މީހުން މާލެއައުމަކީ ބަޔަކު ދެކޭ ފަދައިން، ބުރައެއްކަމުގައި ނުހިތަމާހެއްޔެވެ؟ އެއް ލެޔެއް ހިނގާ ބަޔަކު މިހާ ތަފާތުތަކާއި ކުރިމަތިލާން މި ޖެހެނީ ކީއްވެގެން ބާވައެވެ؟ ވިސްނާލަމާ ހިނގާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...