ހިޔާ ފްލެޓެއްގައި ރޯވުން: އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އަލިފާނުގެ އެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ.
އެންޑީއެމްއޭ އިން ބުނީ އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް