ތުނބުޅި އަދި މޫނުބުރުގާގެ މައްސަލާގައި ވަޒީފާވަކިކުރި މުވަޒަފުނަށް ހައްލު ބޭނުންވޭ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްވި ތަގުރީރާއެކު މިވަނީ އެތަކެއް އުންމީދުތަކެއް އާކޮށްދީފައެވެ.
އިގުތިމާއީ، އިޤްތިސޯދީ މުހިންމު އެތަކެއް ކަމެއް ހާސީލް ކުރުމަށް ރައީސް ސޯލިހު މިވަނީ 100 ދުވަހުގެ ޓާގެޓެއް ކަަނޑައަޅާފައެވެ. މީގެ ކުރިން ހައްލު ނުލިބި ނުވަތަ ހައްލު ހޯދޭނެ އެތަކެއް ކަމަކަށް ވަނީ މި 100 ދުވަސް ތެރޭ ހައްލު ހޯދައި ގަތުމުގެ ތަސައްވުރެެއް ހުށަހަޅުއްވާފައެވެ.
މީގެތެރެއިންވެސް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، އެކަމަކަށް މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރަށް އެތަކެއް ފާޑުކިޔުމެއް އަމާޒުވެފައިވާ މޫނު ބުރުގާގެ މައްސަލައަށް ހައްލު ހޯދުމުގެ އެއްވެސް އިޝާރާތެއް މި 100 ދުވަހުގެ ވައުދުގައި ހިމަނާފައި ނުވެއެވެ.
އަދާލަތު ޕާޓީ އާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫންއަށް އެއްބަސްވެވޭ، މެނިފެސްޓޯގެ ގޮތުގައި އިބޫ ނެރުއްވި މެނިފެސްޓޯގައިވާ ގޮތުން ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ގާނޫނުތައް ހަދާނެ އެވެ. އަދި އިސްލާމް ދީނުގެ ކަމަކަށް އަމަލުކޮށްގެން ކުރާ ތަފާތު ކުރުންތަކާ ދެކޮޅަށް ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް އުފެއްދޭނެ ކަމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
އިބޫގެ 100 ދުވަހުގެ ވައުދުގައި މޫނުބުރުގާގެ މައްސަލަ ނެތް ކަމުގައިި ވިއަސް ކުރިއަށް އޮތްތަނުގައި މިކަމާ ގުޅުހުން ހުރި ކަންކަން މަޖިލީހުންނާއި ފިޤުހު އެކަޑަމީން ނިންމާނެ ކަމަށް ބެލެވިފައިވެއެވެ. މިއީ މި މައްސަލަ ފުރަތަމަ 100 ދުވަހުގެ ވައުދުގައި ނުހިމެނި ސަބަބުކަމަށް ވުމީ އެކަޝީގެން ވާކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް