އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އޭޕީ
އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އޭޕީ
ދުނިޔެ 23 Mar 2024 | 07:02

ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލައި އެމެރިކާއިން ހުށައެޅި ގަރާރު އދ އިން ފާހެއް ނުކުރި!

ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލައި އެމެރިކާއިން ހުށައެޅި ގަރާރު އދ ގެ ސަލާމަތީ މަޖިލީހުން ފާސް ނުކުރުމަށް ނިންމައިފިއެވެ.

އެ ގަރާރަށް 11 ގައުމަކުން ތާއީދުކޮށް ވޯޓް ދިން ނަމަވެސް، މިފަދައިން އދ ގެ މަޖިލީހުން ނިންމީ، އެ މަޖިލީހުގެ ދާއިމީ މެމްބަރު ދެ ގައުމުން މި ގަރާރަށް ވޯޓު ދިނުމުން ވީޓޯ ކުރުމާއި ގުޅިގެންނެވެ. މި ގަރާރާއި ދެކޮޅަށް ވީޓޯ ކުރި ދެގައުމަކީ ޗައިނާ އާއި ރަޝިއާއެވެ. އަދި މީގެ އިތުރުންވެސް އަލްޖީރިއާ އިން ވެސް ވަނީ މި ގަރާރާއި ދެކޮޅަށް ވޯޓް ދީފައެވެ.

ރަޝިއާއިން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަސިލީ ނެބެންޒިއާ ވަނީ މި ގަރާރަކީ ސިޔާސީ ގަރާރެއް ކަމަށް ސިފަކޮށް، ފަލަސްތީނުގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދަމުންދާ ރަފާހް ގައި ޔަހޫދީ ސިފައިންނަށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ދެވޭ ފެހި ސިގްނަލެއް ކަމަށް ބުނެފައެވެ.

ރަޝިއާގެ އިތުރުން، މި މަޖިލީހުގައި ޗައިނާ ތަމްސީލު ކުރި ޒާންގް ޖޫން ބުނީ މި މައްސަލައިގެ އެންމެ މައިގަނޑު ލަނޑުދަނޑި ކަމަށްވާ ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ ގަރާރުގައި ގެނެސްފައިވަނީ ވަރަށް ދުރުދުރުން ކަމަށެވެ.

މިކަމާއި ގުޅިގެން އެމެރިކާ އިން ވަނީ ރަޝިއާ އިން އިސްކަންދެނީ ސިޔާސީ ކަންކަމަށް ކަމަށާއި، ޗައިނާ އާއި ރަޝިއާއިން ވެސް ސުލްހަވެރިކަން ކުރިއެރުވުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެފައެވެ.

އދ އިން މިފަދައިން ނިންމި ނަމަވެސް އދ ގެ ސަލާމަތީ މަޖިލީހުގެ 10 މެމްބަރަކު އަންނަނީ ބަރަކާތްތެރި  ރަމަޟާން މަހު ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއް ތައްޔާރު ކުރަމުން ކަމަށް އަލް ޖަޒީރާއިން ރިޕޯޓް ކުރެއެވެ. މި ގައުމުތަކުން ތައްޔާރު ކުރަމުން އަންނަ ގަރާރުތަކުގައި ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް އަލި އަލުވާލުމުގެ އިތުރުން، ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށާއި، ޣައްޒާއަށް ވީހާވެސް އަވަހަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލުން ހިމެނޭ ކަމަށް ވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މާތްވެގެންވާ ރަމަޟާން މަސް މިއަހަރު ޣައްޒާގެ ރައްޔިތުންނާއި ބައްދަލުކުރިއިރު، ޣައްޒާގެ 85 އިންސައްތަ އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރުހަލާކުވެ، މަގުމަތި ވެފައިއެވެ. އަދި ފެނާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ޣައްޒާގެ 60 އިންސައްތަ އިމާރާތްތައް ވަނީ ބިމާއި ހަމަކޮށްލާފައެވެ. އިސްރާއީލުން ދަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ތަކެތި އެތެރެކުރުމަށް ހުރަސް އަޅަމުންނެވެ. މި ދަތިކުރުންތަކުގެ ސަބަބުން ބަނޑުހައިހޫނު ކަމުގައި ވޭނުގައި ޣައްޒާގެ މައުޞޫމް ތުއްތު ކުދިން ހިމެނޭހެން 27 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ކެނޑިނޭޅި ޣައްޒާއަށް ދެމުންގެންދާ ހަމަލާ ތަކުގެ ސަބަބުން، މިހާތަނަށް 32,070 މީހަކު ޝަހީދުވެފައިވާއިރު، 74,298 މީހަކު ވަނީ ޒަހަމް ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.