ހިމާޔަތްކޮށްފައިވާ ފަރުކޮޅުން ވެލި ނަގާ މައްސަލަ އީޕީއޭއިން ބަލަނީ
ހިމާޔަތްކޮށްފައިވާ ށ.ފަރުކޮޅުން ވެލި ނަގާ މައްސަލަ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބަލަން ފަށައިފިއެވެ.
ށ. އަތޮޅު ކައުންސިލުން ބުނީ ފަރުކޮޅުގެ ގޮނޑުދޮށުންނާއި ތުނޑިން އަދި ފަޅުތެރެ ކޮނެގެންނާއި ޕަންޕް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ގަވާއިދާއި ޚިލާފަށް ވެލި ނަގަމުންދާ މައްސަލަ އެ އިދާރާ އާއި އީޕީއޭ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލިނަގަން ޖެހޭ ހާލަތްތަކުގައި، އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވެސް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވި ނަމަވެސް ސަރަހައްދުތަކުން ވެސް މެޝިނަރީތައް ބޭނުންކޮށްގެން ވެލިނެގުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ބުނެއެވެ.
މިއާއިއެކު ވަރަށް ގިނަ ސަަބަބުތަކާ ހެދި ހިމާޔަތްކޮށްފައިވާ ފަރުކޮޅު ފަދަ ތަންތަން ރައްކާތެރިކޮށް، ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުންދިނުމަށް ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް