އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާން ޕްރޮގްރާމެއް ފަށަނީ
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދަރިވަރުން ކިޔެވުމާއި މުސްތަޤުބަލުގެ ވަޒީފާގެ ދާއިރާ ކަނޑައެޅުމުގައި އެހީތެރިވެދިނުމަށް "އެމްއެންޔޫ ފިއުޗާ ރެޑީ ސީރީޒް" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ.
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
ވަކީން ޚާއްޞަކޮށް ގްރޭޑް 8 ގެ ދަރިވަރުންނަށް އަމާޒުކޮށްފައިވާ މި ސެޝަނުގައި ކުދީންގެ ޝައުޤުވެރިކަން ހޯދައި އެ ކުދީންގެ ހުނަރުތައް ދެނެގަނެ މާއްދާތައް ޚިޔާރުކުރުމުން ތަޢުލީމީ އަދި ވަޒީފާގެ ފުރުޞަތުތައް ބައްޓަންވާ ގޮތް ސާފުކޮށްދޭނެ ކަމަށް އެ ޔުނިވަރސިޓީގެ ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ބައިވެރިވާ ދަރިވަރުންނަށް ތަފާތު ހަރަކާތްތަކާއި ކެރިއާއާ ގުޅޭ މަޝްވަރާތައް މެދުވެރިކޮށް ޝައުޤާއި މާއްދާ ޚިޔާރުކުރުމާއި ވަޒީފާގެ ދުނިޔެއާ ހުރި ގުޅުން ދެނެގަތުމުގެ ފުރުޞަތު ލިބޭނެއެވެ.
ކްލާސް ރޫމުން ބޭރުގައި ވެސް ޒުވާނުންނަށް އެއްބާރުލުން ދީ ތަޢުލީމާއި ކެރިއާ ރާވައިލުމުގައި ބޭނުންވާ މަޢުލޫމާތާއި ފުރުޞަތު ފޯރުކޮށްދިނުމަކީ މި ސިލްސިލާގެ މަޤުޞަދެއް ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ. ބައިވެރިވާން ޝައުޤުވެރިވާ ދަރިވަރުންނަށް އެމްއެންޔޫއިން ފޯރުކޮށްދީފައިވާ ރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް ޖާގަ ކަށަވަރުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް