ބެނިންކޮޅަށް ލަނޑުޖެހުމަށްފަހު ސަލާހް އުފާފާޅުކުރަނީ.. ފޮޓޯ: ގެޓީ
ބެނިންކޮޅަށް ލަނޑުޖެހުމަށްފަހު ސަލާހް އުފާފާޅުކުރަނީ.. ފޮޓޯ: ގެޓީ
ކުޅިވަރު 06 Jan 2026 | 05:43

އެފްކޮންގެ ކުއާޓާ ފައިނަލުގެ ޖާގައެއް މިސްރު ހޯދައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެފްރިކާގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ކުއާޓާ ފައިނަލުގެ ޖާގައެއް މިސްރު ހޯދައިފިއެވެ.

މުބާރާތުގެ ޖާގައެއް މިސްރު ހޯދާފައިވަނީ އެފްރިކާއަށް ނިސްބަތްވާ ކުޑަ ޤައުމެއްކަމަށްވާ ބެނިންއާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު އެކެއް އެކެއްގެ ނަތީޖާއިން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރެފައިވަނީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ، މިސްރުންނެވެ. އެއީ ފުރަތަމަ ހާފްގެ 29 ވަނަ މިނެޓް ތެރޭގައި މަރްވީން އަތިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުން މިސްރު މޮޅުވަމުން ދަނިކޮށް ބެނިންގެ ޖޮޑެލް ޑޯސޫ ވަނީ 88 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗް އެއްވަރުކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގައިވެސް އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ މިސްރުންނެވެ. އެއީ 97 ވަނަ މިނެޓް ތެރޭގައި އަތިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔާސިރް އިބްރާހީމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުން މިސްރު ލީޑް ނަގާފައިވަނިކޮށް، މޮޅުވުމުގެ އުއްމީދު އިތުރަށް ޔަގީންވެގެން ދިޔައީ ކެޕްޓަން މުހައްމަދު ސަލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ކުއާޓާފައިނަލުގައި މިސްރު ބައްދަލުކުރާ ޓީމެއް އެނގިގެންދާނީ، އައިވަރީ ކޯސްޓާއި ބުރްކިނަފާސޯ ބައްދަލުކުރާ މެޗުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...