ދަރަވަންދޫގައި ދެމަފިރިއެއްގެ މެދުގައި ހަމަނުޖެހުމެއް، ފިރިހެން މީހާ ޒަޚަމު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ މެދުގައި ހަމަނުޖެހުމެއް ހިންގާ ފިރިހެން މީހާ ޒަޚަމުވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 1:52 ހާއިރު ކަމަށެވެ. ހަަމަނުޖެހުން ހިނގީ ދެމަފިރީންގެ މެދުގައި ކަމަށް ވެސް ބުންޏެވެ.
މި ހަމަނުޖެހުމުގައި ފިރިހެން މީހާ ޒަޚަމްވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލް ނުދީ ފުލުހުން ބުނީ އެ މީހާއަށް ބ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުން ފިިރިހެން މީހާ ޒަޚަމުވީ އަމިއްލައަށެވެ. އެކަމާ ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ.
ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް