މަންމަ އަށް އަނިޔާކުރި މީހަކު ބަންދަށް 15 ދުވަސް
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
މަންމައަށް އަނިޔާކުރި މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ގެވެށި އަނިޔާ އަދި މާރާމާރީގެ ތުހުމަތުގައި އިއްޔެ ކްރިމިނަލް ކޯޓުން ބަންދު ކުރުމަށް އަމުރުކޮށްފައި ވަނީ ކ. ގުރައިދޫ, އަޒުމް, އަހުމަދު ނިޒާރު (38އ) އެވެ.
އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ގެވެށި އަނިޔާއާއި މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
ފުލުހުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުން ނިޒާރަކީ އޭނާގެ މަންމައަށް އަނިޔާކިރާ މީހެއް ކަންއެންގެއެވެ.
އަދި ނިޒާރުގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީކަމާއި އޭނާ ހެއްކަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް