ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓްއިން ނިންމައިފިއެވެ.
މި ބަަދަލު ގެނައުމަށް ނިންމީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ.
ރައީސް އޮފީހުން ބުނީ މިހާރު އެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ގުރައިދޫ މަރުކަޒު މީގެ ކުރިން ހުރީ އާއިލާއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައެވެ.
ބަދަލާއެކު ގުރަައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެތަނުގެ މުވައްޒަފުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެއެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރު ގާއިމްކުރެވިފައިވާ މަރުކަޒެކެވެ. މި މަރުކަޒަށް 48 އަހަރު ފުރިފައިވަނީ މި އަހަރުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް