އެމްއެމްޕީއާރްސީގެ އެމްޑީއަަކަށް ތޮއްޔިބު އައްޔަންކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމަށް ތޮއްޔިބު މުހައްމަދު ހަމަޖައްސަވައިފިއެވެ.
ތޮއްޔިބު އަކީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ތޮއްޔިބު މީގެ ކުރިން ވަނީ އާޓްސް އެންޑް ކަލްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާ ކުރައްވާފައެވެ. އަދި އެމްއެމްޕީއާރުސީގެ ޗެއާމަންގެ މަގާމުވެސް ވަނީ އަދާކުރައްވާފައެވެ.
ތޮއްޔިބު އެމަގާމަށް އައްޔަންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އާ ސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ބަޖެޓު ބޮޑުކޮށްފައެވެ. އަންނަ އަހަރު ރާއްޖެ އިޝްތިހާރުގެ ބަޖެޓް 157 މިލިއަން ރުފިޔާއަށް އަރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް