ރައީސް ނަޝީދުގެ ރަނިން މޭޓަށް ސްޕްޝަލް އެޑްވައިޒަރުކަން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ނަޝީދު ބައިވެރިވަޑައިގެންނެވި 2013 ވަނައަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ މުސްތަފާ ލުތުފީއަށް ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމު އަރުވައިފިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ވެސް ވަނީ ބޭފުޅަކު ޢައްޔަން ކުރައްވާފައެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ޝިފާޒް ޢަލީއެވެ.
މި ދެ ބޭފުޅުން މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް