ބާރު ދުވެލީގައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ، ފާރަށް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކ ބޮޑުފަންނު މަގުގައި ހިނގި މިއެކްސިޑެންޓް 22:15 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިއާއެކު އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓްގައިި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގެ މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް