ހުކުރު މިސްކިތުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭ ހުކުރު މިސްކިތުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން ބުނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދޭ މައުލޫމާތާއި އެއްގޮތަށް މާލޭ ހުކުރު މިސްކިތުގެ ސެކިއުރިޓީ އެއް އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.
ކުރީން އެކަމަށް ކުރި އިއުލާނަށް އެކަށީގެންވާ އަގެއް ހުށަހަޅާފައިނުވާތީ ބީލަން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކުރާ ކަމަށް ވެސް ބުންޏެވެ.
އެހެން ކަމުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރު ނުވާ ބަޔަކަށް ބިޑްގައި ބައިވެރިނުވޭނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް