ހުރާގެ ރީތިރީތި މާކަނާ މޮނިއުމަންޓަށް ގެއްލުންދީ ހަލާކުކޮށްލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކ. ހުރާގެ ރީތިރީތި މާކަނާ މޮނިއުމަންޓަށް ގެއްލުންދީ ހަލާކުކޮށްލައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ އެ މޮނިއުމަންޓަށް ރޭ ދަންވަރު ބަޔަކު ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށެވެ. މިއީ ރައްޔިތުންގެ މާލިއްޔަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުންޏެވެ.
އެ މައްސަލަ ފުލުހަށް ހުށައަޅާފައިވާ ކަމަަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހުރާ ބަނދަރު ސަރަހައްދުގައި އެ ރަށުގެ ނަން އިނގިރޭސި ބަހުން ލިޔެ މޮނިއުމަންޓަކަށް ބަހައްޓާފައިވަނީ ވަރަށް ރީތި ބޮޑު މާކަނައެކެވެ. އެއަށް ގެއްލުންދީ އޭގެ ރީތިކަން ވަނީ ގެއްލުވާލާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް